



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ސާދަވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ޓިރަމިސޫ ޓްރައިފްލްސް އެވެ.
ސްޓޭންޑް މިކްސަރެއް ނުވަތަ ހޭންޑްހެލްޑް މިކްސަރެއް ބޭނުންކޮށްގެން ކްރީމް، ހަކުރު އަދި ލޮނު މެދުމިނުގެ ސްޕީޑުގައި 2-3 މިނިޓް ވަންދެން އެއްކޮށްލާށެވެ. ދެން އެއަށް ޔޯގަޓް، މަސްކަޕޯން އަދި ވެނީލާ އެޅުމަށްފަހު 1 މިނިޓް ވަންދެން މަޑު ސްޕީޑެއްގައި އެއްކޮށްލާށެވެ. އެއަށްފަހު ކްރީމް މިކްސްޗަރ (ގާތްގަނޑަކަށް 1/4 ޖޯޑު) މޭސަން ޖާރ ނުވަތަ ބިއްލޫރި ތައްޓަށް ބަހާލާށެވެ.
އެހެންތައްޓަކަށް ކޮފީ އެޅުމަށްފަހު ލޭޑީފިންގަރސް މެދުން ބުރިކޮށްލުމަށްފަހު އެތައްޓަށް ޑިޕް ކޮށްލާށެވެ. އަދި މޭސަން ޖާރ އަށް އެޅުމަށްފަހު އޭގެ މައްޗަށް ކްރީމް މިކްސްޗާ އެޅުމަށްފަހު ލޭޔާ ކުރަމުންދާށެވެ. ގާތްގަޑަކަށް ހަތަރު ލޭޔަރ ކްރީމް އަދި ތިން ލޭޔަރ ލޭޑްފިންގަރސް ހުންނަންވާނެއެވެ.
މަދުވެގެން 8 ގަޑިއިރާއި 12 ގަޑިއިރަށް ފްރިޖްގައި ބަހައްޓާށެވެ. އަދި ސާރވް ކުރުމުގެ ކުރިން ކޮކޯ ޕައުޑާ މައްޗަށް ބުރުވާލާށެވެ.
މިހާރު މިހިރީ ޓިރަމިސޫ ޓްރައިފްލްސް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ރޯދަ ވީއްލާގަޑީއަށް ނުވަތަ ތަރާވީސް ގަޑިއަށްވެސް ތައްޔާރުކޮށްލަން ވަރަށް ފަސޭހަވާނެ ރެސިޕީއަކަށް ވާނެކަމަށް ހީކުރަމެވެ.




.jpg?w=3840&q=75)