





%20(4).jpeg?w=3840&q=75)


އިރާނުން ގަތަރުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަށް އަދިވެސް ހުއްޓުމެއް ނާންނަ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފި އެވެ.
ގަތަރުގައި ތިބި އަލްޖަޒީރާގެ ނޫސްވެރިންނާއި ހަވާލާދީ އެނޫހުން ދާދި ދެންމެ އަކު ރިޕޯޓުކުރި ގޮތުގައި އިރާނުން ދެމުންދާ ހަމަލާތަކަށް ހުއްޓުމެއް އައިސްފައިނުވާއިރު ބާރުގަދަ ގޮވުންތަކުގެ އަޑުތައް ދަނީ އިތުރުވަމުންނެވެ.
އެގޮތުން ދާދި ދެންމެއަކުވެސް 15-20 ވަރަކަށް މިސައިލްގެ އަޑު ވެރިރަށް ދޯހާގެ އުޑުމަތިން އިވިފައިވާއިރު ހަމަލާތައް ފެށުނު ފަހުން މިހާތަނަށް އިވުނު އެންމެ ބާރުގަދަ ގޮވުމުގެ އަޑުވެސް މީގެ އިރުކޮޅެއް ކުރީން އިވުނު ކަމަށް ނޫސްވެރިން އަންނަނީ ބުނަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ ..







.jpg?w=3840&q=75)