








-
ވިޒިޓް މޯލްޑިވްސް (މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން) އިން ތައާރަފުކުރި "މޯލްޑިވްސް ބުކް އޮފް ރެކޯޑްސް" ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
މިއަދު ހުޅުމާލެ ފޭސް 1 ގައި އޮތް ރަސްމިއްުޔާތެއްގައި މި ފޮތް އިފްތިތާހްކޮށްދެއްވީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހިމްއެވެ.
"ވިސިޓް މޯލްޑިވްސް ބުކް އޮފް ރެކޯޑްސް" ގެ ނަމުގައި ތަޢާރަފު ކުރެވުނު މިފޮތަކީ ޤައުމުގެ އާދަޔާ ޚިލާފު ކާމިޔާބީތައް ފާހަގަކޮށް، އެ ކާމިޔާބީތައް ދެމެހެއްޓުމަށްޓަކައި އައު ބާބެއް ތަޢާރަފުކުރުމެވެ. އަދި ދިވެހިރާއްޖޭގައި އައު ރެކޯޑުތައް ޤާއިމުކުރުމަށް ކުރިއަށް އޮތް ޖީލުތަކަށް ހިތްވަރުދީ، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުން ހާސިލްކުރެވިފައިވާ ޚާއްސަ ކާމިޔާބީތަކާއި، ކުޅަދާނަ ކަންކަން ރެކޯޑްކޮށް، އާންމުންނަށް ދައްކުވައިދިނުމެވެ.
މި ފޮތުގެ ސަބަބުން، ދިވެހިންގެ ޤާބިލުކަމާއި، ސަގާފަތާއި، ތާރީޚުގެ މުހިންމު ކަންކަން ދުނިޔެއަށް ހާމަވެގެންދާނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވިއެވެ.








