








-
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަން ބަދަލުކޮށްފި އެވެ.
އެމްއެމްޕީއާރްސީގެ ނަން ބަދަލުކޮށްފައިވަނީ "ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމަށެވެ.
މި ނިންމުން ނިންމާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚާއްސަ ގަރާރަކުންނެވެ. މި ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށްފައި އެވެ.
އެގޮތުން ރައީސްގެ ގަރާރުގައި ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާނައތު ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުން ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭ ފަތުރުވެރީންގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށާއި މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފައިތިލަ ސާބިތުކޮށްފައިވާ މަގާމު ވަރުގަދަކޮށް އެމަގާމު ދެމެހެއްޓުމުގައި ކުރަންޖެހޭ މާކެޓިންގ އާއި ޕްރޮމޯޝަނާއި އިސްތިހާރުކުރުމުގެ އެންމެހައި މަސައްކަތްތައް ސީދާގޮތުންނާއި އިސްތިރާޖީގޮތުން ދެމެހެއްޓެނެވި ގޮތެއްގައި މެދުކެނޑުމެއްނެތި ކުރުމުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ޚާއްސަވެފައިވާ ކުންފުންޏެއްގެ ގޮތުގައި އެކުންުފުނި އޮތުން މުހިންމުކަމަށް ފެންނާތީ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ނަން ބަދަލުކުރި އިރު މިއަދުގެ ވަގުތެއްގައި އެމްއެމްޕީއާރްސީއިން ރާއްޖޭގެ ބްރޭންޑުގެ ގޮތުގައި ބޭނުންކުރަމުން އައި ވިޒިޓް މޯލްޑިވްސްގެ ލޯގޯއަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.








