
-
ތ. ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ތ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ފަހު ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ. މިނިސްޓްރީ ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދު އެވެ.
1011 މީހުންގެ އާބާދީއެއް އޮންނަ ދިޔަމިގިލީގައި ރަނގަޅު ފެންވަރަކަށް މަގުތައް ހެދިފައި ނެތުމަކީ ޒަމާނުއްސުރެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ދަތިތަކަކާއ،ި ކުރިމަތިލާންޖެހިފައިވާ މައްސަލައެކެވެ. މިއަދު ސޮއިކުރެވުނު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ވިއްސާރަ މޫސުމުގައި މަގުތަކުގައި ޗަކަ ހެދި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ވަމުންދިޔަ އުނދަގޫތަކަށް ހައްލެއް ލިބި ދިޔަމިގިލީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ޒަމާނީ މަގުތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރީ 82.81 މިލިއަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމާގޮތަށެވެ.
.jpg?w=3840&q=75)

.jpeg?w=3840&q=75)


.jpg?w=3840&q=75)

.jpeg?w=3840&q=75)



.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)



