
އިސްރާއީލުން ގަތަރަށް މިއަދު ދިން ވައިގެ ހަމަލާގެ މައުލޫމާތު ހަމަލާ ދިނުމުގެ ކުރީން ލިބުނުކަމަށާއި ހަމަލާއާއި ގުލިގެން ރައީސް ޑޮނަލްޑް ޓްރަމްޕު ގަތަރުގެ އަމީރަށް ގުޅުއްވައި މާފަށް އެދިފައިވާ ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ރަސްމީކޮށް ހާމަކޮށްފި އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ގަތަރަކީ އެމެރިކާގެ ގާތް އެކުވެރިއެއް ކަމަށާއި، އެފަދަ ހަމަލާތައް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ގަތަރުގެ އޮފިޝަލުންނަށް ޓްރަމްޕް ދެއްވާފައިވާ ކަމަށް ބުނެފައި އެވެ.
އަދި މި ހަމަލާގެ މައުލޫމާތު ޓްރަމްޕަށް ލިބުނު ނަމަވެސް މި ހަމަލާއަކީ ގަތަރުގެ ފަސްގަނޑަށް ދޭ ހަމަލާއެއް ކަމުން އެކަމާއި ޓްރަމްޕު ކަންބޮޑުވިކަމަށްވެސް ލީވިޓް ވަނީ ބުނެފައި އެވެ.
"ރައީސް ވަނީ ގަތަރުގެ އަމީރާއި ބޮޑުވަޒީރާ ވެސް ވާހަކަ ދައްކަވައި، އެމެރިކާއަށް އަބަދުވެސް ދެއްވާ އެއްބާރުލުމާއި އެކުވެރިކަމަށް ޝުކުރު އަދާކުރައްވާފައި،" ނޫސްވެރިންގެ ބައްދަލުވުމުގައި ލީވިޓް ބުންޏެވެ. “އެމީހުންގެ ފަސްގަނޑުގައި ދެން އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ޓްރަމްޕު ދެއްވި.”
ލީވިޓް ވަނީ މި ހަމަލާގެ މައުލޫމާތު ޓްރަމްޕަށް ލިބުމާއިއެކު އެމައުލޫމާތު ގަތަރަށް ދިނުމަށް ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޯފް އަށް އަންގަވާފައިވާކަންވެސް ހާމަކޮށްފައެވެ. ނަމަވެސް ގަތަރުން ވަނީ މި ހަމަލާގެ މައުލޫމާތު ކުރިން ނުލިބޭކަމަށް ބުނެފައި އެވެ. އަދި އެމެރިކާގެ އޮފިޝަލެއް ފޯނު ކޯލެއް ލިބުނީ ހަމަލާދިން ފަހުން ކަމަށް ބުނެފައި އެވެ.

.jpg?w=3840&q=75)
.jpeg?w=3840&q=75)


.jpg?w=3840&q=75)
.jpeg?w=3840&q=75)






.jpg?w=3840&q=75)