
ގަތަރުގައި ހުންނަ އެމެރިކާ އެމްބަސީގެ މުވައްޒަފުން ރައްކާތެރި ސަރަހައްދުތަކަށް ވަދެ ތިބުމަށް އަންގައިފި އެވެ.
ގަތަރުގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައިވަނީ ދޯހާގައި މިސައިލް ހަމަލާތައް ހިނގަމުންދާ ކަމުގެ ރިޕޯޓްތައް އެމްބަސީއަށް ލިބިފައިވާ ކަމަށާއި އެމެރިކާގެ އެމްބަސީގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް ރައްކާތެރިކަން ހޯދުމަށް އަންގާކަމަށެވެ.
އެމެރިކާއިން މި އެޑްވައިޒަރީ ނެރެފައިމިވަނީ އިސްރާއީލުން ގަތަރުގެ ދޯހާއަށް ވައިގެ ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ. އެގޮތުން މި ހަމަލާއަކީ ހަމާސްގެ އޮފިޝަލުން އަމާޒުކޮށް އިސްރާއީލު އަސްކަރިއްޔާއިން ދިން ހަމަލާއެއްކަން މިހާރު ވަނީ ކަށަވަރުވެފައި އެވެ. އެގޮތުން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަމަލާއަކީ އިސްރާއީލު އަސްކަރިއްޔާއިން ހިންގި ޚާއްސަ އޮަޕަރޭޝަނެއް ކަމަށް ބުނެފައި އެވެ. އަދި މި ހަމަލާއަކީ ހަމާސްގެ ޓެރަރިސްޓުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށްވެސް އޭނާ ވަނީ ބުނެފައި އެވެ.
މި ހަމަލާއާއި ގުޅިގެން ގަތަރުން ވަނީ ހަމަލާ ކުށްވެރިކޮށް ގަތަރުގެ ރައްޔިތުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިޔަށްދާކަން ހާމަކޮށްފައެވެ.
އިސްރާއީލުގެ ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީން ގަތަރަށް ހަމަލާދިނީ އެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުއްދަދިނުމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން އެމެރިކާ ސަރުކާރުން ރަސްމީ ބަހެއް ބުނެފައިނުވެއެވެ.
ގަތަރުގެ ދޯހާއަކީ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިޔަށްދާ ގައުމެވެ. ހަމާސްއިން ވަނީ މި ހަމަލާ އަމާޒުކުރީ އެމަޝްވަރާތަކުގައި ބައިވެރިވާ ހަމާސްގެ ވަފުދަށްކަން ކަށަވަރުކޮށްދީފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..













.jpg?w=3840&q=75)