
ޔަހޫދީން މިއަދު ވައިގެ މަގުން ގަތަރުގެ ދޯހާއަށް ހަމަލާދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅި ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް މަޝްވަރާތަކެއް ކުރިޔަށް ދަނިކޮށް ކަމަށް ހަމާސްއިން ހާމަކޮށްފި އެވެ.
ހަމާސްގެ އިސް މަސްދަރަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ޔަހޫދީން މިއަދު ހަމަލާދިނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް މަޝްވަރާ ކުރަމުން ދިޔަ އެ ޖަމާއަތުގެ ލީޑަރުންނަށް އަމާޒުކޮށެވެ.
އަދި ހަމަލާދިން އިމާރާތަކީ ހަމާސްގެ އޮފިޝަލުންތައް ގަތަރުގައި އަބަދުވެސް ތިބެމުން އަންނަ އިމާރާތެއް ކަމަށްވެސް ހަމާސްއިން ވަނީ އަލްޖަޒީރާއަށް ކަށަވަރުކޮށްދީފައި އެވެ.
މި ހަމަލާގެ ޒިންމާ އިސްރާއީލު އަސްކަރިއްޔާއިން މިހާރު ވަނީ ރަސްމީކޮށް ނަގާފައި އެވެ. އެގޮތުން ޔަހޫދީ އަސްކަރިއްޔާއިން ބުނާގޮތުގައި މި ހަމަލާއަކީ ޔަހޫދީންނާއި ދެކޮޅަށް ރޭވުންތައް ރާވަމުންދިޔަ ހަމާސްގެ ލީޑަރޝިޕަށް ދިން ހަމަލާއެކެވެ.


.jpg?w=3840&q=75)




.jpg?w=3840&q=75)







