ލުބުނާނުގެ ކަނޑުގެ ސަރަހައްދަށް ހަތިޔާރާއި އެކު ޔަހޫދީންތަކެއް ވަދެގަނެ މަސްވެރިއަކު ވަގަށް ނަގައިފި އެވެ.
ލުބުނާނުގެ ސަލާމަތީ މަސްދަރަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ނަކުއުރާ ކައިރީގައި އޮންނަ ލުބުނާނުގެ ކަނޑުގެ ސަރަހައްދުގައި އިޒްރޭލުގެ ހަތަރު ބޯޓަކުން ހަތިޔާރާއި އެކު ވަދެގަނެ ލުބުނާނުގެ މަސްދޯންޏެއް ވަށާލައި، އެ ދޯނީގައި ހުރި މަސްވެރިއަކު ވަނީ ވަގަށް ނަގާފައިއެވެ.
ލުބުނާނުގެ ލޯކަލް މީޑިއާތަކުން ވަނީ ނަކޫރާގެ ދެކުނުގެ އަވަށެއް ކަމަށްވާ މަރޫބުގެ މަސްވެރިޔާ އަލީ ފްނީޝްގެ ފޮޓޯއެއް ހިއްސާކޮށް މިފަދަ ކަމެއް ހިނގިކަން ކަށަވަރުވެފައިވާކަންވެސް ހާމަކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަގަށް ނެގުމަށްފަހު ގެންދިޔައީ ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދަށެވެ.
ލުބުނާނުގެ ކަނޑުގެ ސަރަހައްދަ ވަނީ އިސްރާއީލު އަސްކަރިއްޔާގެ ޕެޓްރޯލް ބޯޓުތަކެއް ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް އަދި މިހާތަނަށް އެކަން ކަށަވަރުވެފައި ނުވެއެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)





