
ހަމާސްގެ ހަނގުރާމަވެރިން
ފަލަސްތީނުގެ މިނިވަން ކަމަށް ހަނގުރާމަ ކުރަމުންދާ ހަމާސްއިން އިޒްރޭލަށް ރޮކެޓު ހަމަލާތަކެއްދީފި އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން އެކްސްގައި ބުނެފައިވަނީ ޣައްޒާއިން ތިން ރޮކެޓް ފޮނުވާލި ކަމަށާއި އެ ރޮކެޓްތައް އެގައުމުގެ ވައިގެ ސިފައިން ހުއްޓުވާފައިވާ ކަމަށެވެ. އެ ރޮކެޓްތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ އިޒްރޭލުން ބުންޏެވެ.
ޓެލެގްރާމްގައި ހަމާސްގެ ހަތިޔާރު އެޅި ގޮފި ކަމަށްވާ ކަސާމް ބްރިގޭޑުން ނެރުނު ބަޔާނެއްގައި ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ.
އަދި "ނިރް ޔިޓްޒަކް" ސެޓެލްމަންޓަށް އަމާޒުކޮށްފައިވަނީ "ރާޖުމް" ކުރު ރާސްތާގެ 114 މިލިމީޓަރުގެ ރޮކެޓް ސިސްޓަމް ބޭނުންކޮށްގެން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އިޒްރޭލުން އެއްގަމާއި ވައިގެ މަގުން ޣައްޒާއަށް ހަމަލާދޭތާ 18 މަސްދުވަސް ވެފައިވީ ނަމަވެސް ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބައެއް ހަމަލާތައް ދޭ ރޮކެޓް ގާބިލްކަން ދަމަހައްޓައިފަ އެވެ.










%20(2).jpeg?w=3840&q=75)




