.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

ޔަމަނުގެ މައި އެއާޕޯޓާއި ކައިރި ސަރަހައްދަކަށް ހަމަލާދީފި އެވެ.
ރޮއެޓާސްއިން ރިޕޯޓުކުރާ ގޮތުގައި ހޫތީން ބާރުގަދަ ޔަމަނުގެ ވެރިރަށް ސަނާއަށް ވަރުަގަދަ ވައިގެ ހަމަލާތަކެއް ދީފައިވާކަން އެސަރަހައްދުގެ އާންމުންތަކެއް ވަނީ ރޮއިޓާސްއަށް ކަށަވަރުކޮށްދީފައި އެވެ.
މި ހަމަލާތައް ދީފައިވަނީ ވެރިރަށުގެ އެއާޕޯޓާ ކައިރީގައި އޮންނަ އަވަށަކަށް ކަމަށް ވެސް ރޮއެޓާސްއިން ދަނީ ރިޕޯޓުކުރަމުންނެވެ. ނަމަވެސް މި ހަމަލާދިނީ އެމެރިކާއިން ކަމެއް ނުވަތަ އިޒްރޭލުން ކަމެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވެއެވެ.
މި ހަމަލާތައް ދީފައި މިވަނީ އީރާނާ ގުޅިފައިވާ ހޫތީންގެ ބާރުގެ ދަށުގައި ވާ ޔަމަނުގެ ސަރަހައްދުތަކަށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދިނުމުގެ އޮޕަރޭޝަނެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އޯޑަރަށް އެމެރިކާ އަސްކަރިއްޔާއިން ފަށާފައިވާ ދަނޑިވަޅެއްގައި އެވެ.
އެގޮތުން ޓްރަމްޕުގެ އޯޑަރަށް އެމެރިކާއިން މިހަފްތާގެ ކުރީކޮޅު ޔަމަނަށް ދިން ވަރުގަދަ ހަމަލާގައި 30 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި އެވެ.
.jpeg?w=3840&q=75)


