




.jpg?w=3840&q=75)


ލުބުނާނުގެ ޓަޔަރަށް އިސްރާއީލުން މިއަދު ވައިގެ މަގުން ދިން ހަމަލާތަކުގައި ހަތް މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ލުބުނާނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓަޔަރަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ހަތް މީހުން ޝަހީދުވެ 46 މީހުން ވަނީ ޒަހަމްވެފައި އެވެ.
ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޝަހީދުވި މީހުންގެ ތެރޭގައި ޒުވާން ދެ އަންހެން ކުދިން ވެސް ހިމެނޭ ކަމަށެވެ. ކުނިތަކުގެ ދަށުގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
މިދިޔަ މަހުގެ ފަހުކޮޅު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ލުބުނާނުގެ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓްގެ ގޮތުގައި މަޝްހޫރު ވެފައިވާ ލުބްނާނުގެ ޒަމާންވީ ސިޓީއެއް ކަމަށްވާ ޓަޔަރަށް ދިން ހަމަލާތަކުގައި އެ ސިޓީގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ.
ޓަޔަރަކީ ވެރިރަށް ބެއިރޫތުގެ ދެކުނުން 80 ކިލޯމީޓަރު (50 މޭލު) ދުރުގައި އޮންނަ 2،500 އަހަރުވީ ސިޓީއެކެވެ. ހިޒްބުالله އާއި އިސްރާއީލުން މިދިޔަ އަހަރު ބޯޑަރު ހުރަސްކޮށް ހަމަލާތައް ބަދަލުކުރަން ކުރަން ފެށުމުގެ ކުރިން ކްރިސްޓިއަނުންނާއި މުސްލިމުން ދިރިއުޅޭ ޓަޔަރުގައި މަދުވެގެން 50،000 މީހުން ދިރިއުޅެއެވެ.







