.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

ޔަމަނުގެ ވައިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ އަސްކަރީ ޑްރޯންއެއް ވައްޓާލައިފި އެވެ.
ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔަމަނުގެ އަވަށެއްކަމަށްވާ ސަދާ ސަރަހައްދުގެ ވައިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާ އަސްކަރިއްޔާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށެވެ.
އެގޮތުން ވައްޓާލި ޑްރޯންއަކީ އެމްކިއު-9 މަރުކާގެ ސާފޭސް ޓު އެއާ ޑްރޯންއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޑްރޯން ވައްޓާލުމާއި ގުޅިގެން އަދި މިހާތަނަށް އެމެރިކާ އަސްކަރިއްޔާއިން ވަކި އެއްޗެކޭ ބުނެފައިނުވާއިރު މިއީ އިޒްރޭލަށް އިންޓަލިޖެންސް މައުލޫމާތު ހޯދައިދިނުމަށް އެމެރިކާއިން ޔަމަނުގެ ވައިގެ ތެރޭގައި ހަރަކާތްތެރިކުރުވަމުން ދިޔަ ޑްރޯންއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެދު އިރުމަތީގެ މަޝްރަހު ހޫނުވެފައިވާއިރު އިރާނާއި, ލުބުނާން, އިރާގު އަދި ޔަމަން ގުޅިގެން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ފެށުމަށް ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
.jpeg?w=3840&q=75)


