








ޑެންމާކުގެ ބޮޑު ވަޒީރު
ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސަންއަށް ސެންޓްރަލް ކޯޕަންހޭގަންގައި މީހަކު ހަމަލާދިނުމުން އަނިޔާއެއް ލިބިވަޑައިގެންފައިވާ ކަމަށް އެކަމަނާގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ނެރުނު އިބްތިދާއީ ބަޔާނެއްގައި ބުނެފައި ވަނީ މި ހަމަލާދީފައިވަނީ ހުކުރު ދުވަހުގެ ރޭ ވެރިރަށުގެ ކުލްޓޯވެޓް ސްކޮއާގައި ކަމަށެވެ. ހޮނިހިރު ދުވަހު އެ އޮފީހުން އަޕްޑޭޓެއް ދެމުން ބުނީ ފްރެޑްރިކްސަން އަށް މި ހަމަލާގައި އަނިޔާވުމާއި ގުޅިގެން މެޑިކަލް ޗެކަޕަށް ރިގްޝޮސްޕިޓަލެޓަށް ގެންގޮސްފައިވާ ކަމަށެވެ.
"އެ ހަމަލާގެ ސަބަބުން ބޮޑުވަޒީރުގެ ކަނދުރާއަށް އަނިޔާއެއް ލިބުނީ،" ކަމަށާއި އެކަމަނާގެ ހޮނިހިރު ދުވަހުގެ ޝެޑިއުލް ކެންސަލް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.
ޑެންމާކުގެ ފުލުހުން ހޮނިހިރު ދުވަހު ބުނީ ބޮޑުވަޒީރަށް ދިން ހަމަލާއާ ގުޅިގެން އިބްތިދާއީ ތަހުގީގަށް 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
މި ހަމަލާދީފައި ކޮން ސަބަބަކާއި ހެދި ކަމެއް އަދި މިހާތަނަށް ނޭނގުނު ނަމަވެސް، މިއީ ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓް އިންތިހާބުގައި ވޯޓުލުމަށް ޑޭންސް އިންތިހާބަށް ނުކުތުމުގެ ދެ ދުވަސް ކުރިން ދީފައިވާ ހަމަލާއެކެވެ. ފްރެޑެރިކްސަން ގެންދަވަނީ ސޯޝަލް ޑިމޮކްރެޓްސްގެ އީޔޫލީޑަރު ކްރިސްޓެލް ޝަލްޑެމޯސްއާ އެކު ކެމްޕެއިން ކުރައްވަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ހަމަލާއަކީ ކެމްޕެއިން ހަރަކާތަކާ ގުޅިފައިވާ ހަމަލާއެއް ނޫނެވެ.




