



.jpg?w=3840&q=75)



ޔަހޫދީން ޣައްޒާގައި ހުންނަ އދ ގެ ކްލިނިކަކަށް ބޮން އަޅައި ފަލަސްތީނުގެ ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.
ޣައްޒާ ސިޓީގެ ސަބްރާ އަވަށުގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭ ކްލިނިކަކަށް އަމާޒުކޮށް އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހަކު ވަނީ ޝަހީދުވެފައި ކަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.
ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ ހަނގުރާމައިގެ ތެރޭގައި އިޒްރޭލުގެ އަސްކަރިއްޔާއިން ތަކުރާރުކޮށް ޣައްޒާގައި ހުންނަ މަރުކަޒުތަކަށް ހަމަލާދީ އޭގެ ތެރެއިން 171 ތަނަކަށް ގެއްލުން ދީފައިވާ ކަމަށެވެ.
މި ހަމަލާދީފައިމިވަނީ އދ އިން ޔަހޫދީންގެ އަމަލުތަކާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އިސްރާއީލާއި ދެކޮޅަށް އަޅަމުންދާ ދަނޑިވަޅެއްގައި އެވެ.
އަދި ޔަހޫދީ ވަޒަންވެރިންވެސް އަންނަނީ އިސްރާއީލާއި ޣައްޒާގައި ހުންނަ އދ ގެ މަރުކަޒުތަކުގައި ހުޅުވެސް ޖަހަމުންނެވެ.




.jpg?w=3840&q=75)

