.jpg?w=3840&q=75)
.png?w=3840&q=75)





.png?w=3840&q=75)
ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމަށްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" (ޑީ.އެމް.އާރް.އާރް) ގެ މައުލޫމާތާއި ލައިވް އަޕްޑޭޓްތައް ވަގުތުން ޑީ.އެމް.އާރް.އާރް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ދިރާގުން ބުނެފައިވާ ގޮތުގައި މި އެޕްލިކޭޝަނަކީ ދުވުންތެރިންނާއި އެ ފަރާތްތަކަށް ހިތްވަރުދޭ ސަޕޯޓަރުންނަށް، ރޭހާ ގުޅޭ އެންމެހައި މައުލޫމާތު އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ އެޕެކެވެ.
އެގޮތުން، ދުވުމުގެ މުހިންމު އިރުޝާދުތަކާއި، ދުވުންތެރިންގެ ރޭންކިންގގެ އިތުރުން ނަތީޖާގެ ތަފުސީލުތައް މި އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެއެވެ. އަދި ހަމައެއާއެކު، އެޕުގައި ހިމެނޭ 'ލައިވް ޓްރެކިންގ' ފީޗާގެ އެހީގައި، ދުވުންތެރިން ރޭހުގައި ހަރަކާތްތެރިވަމުންދާ ހިސާބު އެ މީހުންގެ އާއިލާއަށާއި ރަހުމަތްތެރިންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ، މި ހުކުރު ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެކި ކެޓަގަރީތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އަހަރުގެ ދުވުމުގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައެވެ.
ޑީ.އެމް.އާރް.އާރް އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް އަދި އައި.އޯ.އެސް ޑިވައިސްތަކަށް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އެހެންކަމުން، މި ދުވުމުގެ އެންމެ ފަހުގެ މައުލޫމާތުތައް ހޯއްދެވުމަށް، ހުރިހާ ދުވުންތެރިންނާއި ސަޕޯޓަރުންވެސް މި އެޕްލިކޭޝަން ބޭނުންކުރުމަށް ދިރާގުން އެދެއެވެ.
.jpg?w=3840&q=75)
.png?w=3840&q=75)


.png?w=3840&q=75)


