
Screenshot 2023-08-17 at 22.28.17
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކާޑު މެޝިނާއި މެޝިންގެ ރޯލު މާލޭގައި، ބީއެމްއެލް މާލޭ ބިޒްނަސް ސެންޓަރުން އެކަނި ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލްއިން މިއަދު ބުނީ މިގޮތަށް އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގައި މާލޭ ބިޒްނަސް ސެންޓަރުގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ބީއެމްއެލްގެ ބްރާންޗް މެދުވެރިކޮށްވެސް ކާޑު މެޝިންގެ ރޯލު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެެވެ.
ބީއެމްއެލުން ބުނީ މިބަދަލު ގެނައީ ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް ވީހާވެސް ލުއި ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
ބީއެމްއެލްގެ ކާޑު މެޝިނާއި މެޝިންގެ ރޯލު މާލޭގައި ކުރިން ދޫކުރަމުން ދިޔައީ އޯކިޑްމާގޭގައި ހިންގަމުން ދިޔަ ބީއެމްއެލް ބްރާންޗުންނެވެ.
















