
bml islamic
ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް އައު ޕްރޮމޯޝަން އެއް ފަށައިފިއެވެ.
ބީއެމްއެލްއިން ބުނެފައިވާގޮތުގައި، މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ ގެ ކޮންމެ ޕްރޮޑަކްޓަކަށް ވެސް އެދި ހުށަހަޅައި އެޕްރޫވްވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 3000 ރުފިޔާ ލިބޭނެއެވެ. ގުރުއަތުން ހޮވޭ ގްރޭންޑް ވިނަރ އަށް 50،000 ރުފިޔާ މި ޕްރޮމޯޝަން ނިމުމުން ލިބޭނެކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
10 ޖޫން ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 އަކުން މެންދުރު 2:00 ޖަހަންދެން ކަސްޓަމަރުންނަށް އޯޕަންޑޭ ގައި ބައިވެރިވެ ބީއެމްއެލް އިސްލާމިކް ބްރާންޗަށް ވަޑައިގެން ބީއެމްއެލް އިސްލާމިކް ފައިނޭންސިންގ ޕްރޮޑަކްޓް ގެ މައުލޫމާތު ސާފުކޮށް ހިދުމަތައް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ 10 ޖޫން އިން 22 ޖުލައި 2023 ގެ ނިޔަލަށެވެ.
















