
big_rZo6DtmbYUh7vsQCiygLzkGmw
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ނަޝީދު ގާސިމްއަށް މަރުހަބާ ދަންނަވާފައި މިވަނީ، ޖުމްހޫރީ ޕާޓީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި، އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް އެޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހި ކުރުމަކީ އެންމެންގެ ވެސް ވާޖިބެއް ކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ، ސެޕްޓެމްބަރު މަހު 9ވަނަ ދުވަހު އެވެ. މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން ޕީޕީއެމް، އެމްޑީޕީ، އެމްއެންޕީ އަދި ޖޭޕީން ވަނީ އެޕާޓީތަކުގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި ފަރާތްތަކަށް ރިޔާސީ ޓިކެޓް އަރުވާފައެވެ.












