


%20(3).jpeg?w=3840&q=75)




90304744_3004625829595679_1035379103097683968_n
ގދ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް، އެމްޑީޕީގެ ކެންޑިޑޭޓް ސައުދު އަލީ އިންތިޚާބުވެއްޖެ އެވެ.
މިއަދު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ސައުދު ވަނީ ބޮޑު ތަފާތަކުން އިންތިޚާބު ވެފައެވެ. މި އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުގެ ވާދަ ކުރެއްވީ މުޙައްމަދު ނަސީމެވެ. އަދި އަމިއްލަ ގޮތުން އެ މަގާމަށް މުޙައްމަދު ޔޫޝައު ވާދަކުރެއްވިއެވެ.
ސައުދުއަށް ތިނަދޫ ރައީސްކަމުގެ މަގާމް ލިބުނު އިރު އެ ކައުންސިލްގެ މެމްބަރުކަމަށް ޕީޕީއެމްގެ ދެ މެމްބަރަކު ވަނީ އިންތިޚާބުވެފައެވެ. މިއީ ކައުންސިލް އިންތިޚާބު ބާއްވަން ފެށިފަހުން ޕީޕީއެމަށް ތިނަދޫ ކައުންސިލުން ޖާގައެއް ލިބުނު ފުރަތަމަ ފަހަރެވެ.
ތިނަދޫ ކައުންސިލްގެ މެމްބަރު ކަމަށް ޕީޕީއެމުން ހޮވުނީ އަޙުމަދު ވަޙީދު (ރަކާ) އާއި އައިޝަތު ލިއުޝާ ޒުބައިރު އެވެ. އެމްޑީޕީގެ ފަރާތުން ދެން އެ ކައުންސިލަށް ހޮވުނީ ނަސްރުﷲ އަލީ އެވެ. ކައުންސިލްގެ ފަސް ވަނަ ގޮނޑިއަށް އިންތިޚާބުވާ ކެންޑިޑޭޓު އަދި ޔަގީނެއް ނުވެއެވެ.



%20(3).jpeg?w=3840&q=75)




