
ނަޝީދުގެ ތާއިދު އޮތް ކެޔޮޅާ ވާދަކޮށް ގދ. އަތޮޅުގެ ވެރިޔަކަށް ފައިހަތު!
# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021B81F352C-EEF9-409F-8C7D-7E24532F63B3
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ގދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު، އެ މަޤާމަށް އިންތިޚާބުވާނެ ކަން ކަށަވަރުވެއްޖެ އެވެ.

މިވަގުތު ގުނާފައިވާ އަދި ގުނަމުންދާ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު ފައިހަތު އޮތީ ވަރަށް ބޮޑު ތަފާތަކުން ކުރީގައެވެ. ފައިހަތު އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދުގެ ތާއިދު ލިބިވަޑައިގެން ހުންނެވި ކެންޑިޑޭޓު، މުޙައްމަދު ޙަސަން (ކެޔޮޅު) އާ ވާދަކޮށްގެންނެވެ.
މި އިންތިހާބުގައި ގދ. އަތޮޅު ކައުންސިލަށް ޖުމްލަ 3 ކެންޑިޓޭޓުން ވާދަކުރެއެވެ. ފައިހަތާ ވާދަ ކުރީ އެމްޑީޕީ އިން މުޙައްމަދު ހަސަނާއި ޖުމްހޫރީ ޕާޓީން މުޙައްމަދު މުޚްތާރުއެވެ.
ތަފްސީލް އަންނަނީ....