


%20(3).jpeg?w=3840&q=75)




ASFSAF
ކައުންސިލް އިންތިހާބު ބާއްވަން ފެށިތާ ދިހަ އަހަރު ވެގެން ދިޔައިރު ފުރަތަމަ ފަހަރަށް ގދ. ތިނަދޫ ކައުންސިލަށް ޕީޕީއެމް މެމްބަރުން އިންތިޚާބު ވެއްޖެ އެވެ.
މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ތިނަދޫ ކައުންސިލްގެ މެމްބަރުކަން ވަނީ ޕީޕީއެމް ދެ ކެންޑިޑޭޓަކަށް ކަށަވަރުވެއްޖެ އެވެ. ގޮނޑި ކަށަވަރުވެފައިވަނީ ޕީޕީއެމް ކެންޑިޑޭޓު އަޙުމަދު ވަޙީދު (ރަކާ) އާއި އައިޝަތު ލިއުޝާ ޒުބައިރު އެވެ.
ޕީޕީއެމްގެ ފަރާތުން ތިނަދޫ ކައުންސިލަށް ދެން ކުރިމަތިލެއްވި މެމްބަރުންނަކީ މުޙައްމަދު ޒަލީފް އަބްދުﷲ އާއި، ނިއުމާ ޙުސައިން އަދި އާމިނަތު އަބްދުﷲ އެވެ.
އެޕާޓީން ތިނަދޫ ކައުންސިލަށް ވާދަކުރެއްވީ މުޙައްމަދު ނަސީމެވެ. އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު ސައުދު އަލީ އެވެ.



%20(3).jpeg?w=3840&q=75)




