logoEN
WAMCO TOP 1
އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަލުން ފަށަނީ

އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަލުން ފަށަނީ

އަހުމަދު ޝުރާއު

logo

7/12/2026, 6:16:57 AM

# ދިވެހި ޕާސްޕޯޓު

-

އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަލުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލީ ޕާސްޕޯޓު ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް"ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވެގެންނެވެ.

މިކަމާ ގުޅޭ ގޮތުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން ވިދާޅުވީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރުދީފައިވާ ކަމަށާއި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެ ކަމަށެވެ.

އަދި ޕާސްޕޯޓު ހެދުމަށް ބޭނުންވާ ސާމާނު ލިބުމުން އަލުން އެ ޚިދުމަތް ފަށާނެ ކަމަށްވެސް ކޮންޓްރޯލަރ ވިދާޅުވިއެވެ.

ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

"އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ 1,000ރުފިޔާ ނަމަވެސް، "އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ، 600 ރުފިޔާއެވެ.

މިފަދަ ހާލަތްތަކުގައި މީގެކުރިން ޢަމަލުކުރާ ގޮތާ ޚިލާފަށް، އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރާ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދަން ބޭނުންވާ ހާލަތްތަކުގައި "ކެންސަލޭޝަން ފީ" ނެގުމަކާ ނުލައި، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިދީފައެވެ.

ކޮމެންޓް
ފަހުގެ
HDC