logoEN
WAMCO TOP 1
އާމިރު ޚާން، ގޯރީއަށް ދިން ޚާއްޞަ 'ރޫބީ' ކައިވެނީގެ އަނގޮޓި ތައްޔާރުކުރަން 256 ގަޑިއިރު ހޭދަވި!

އާމިރު ޚާން، ގޯރީއަށް ދިން ޚާއްޞަ 'ރޫބީ' ކައިވެނީގެ އަނގޮޓި ތައްޔާރުކުރަން 256 ގަޑިއިރު ހޭދަވި!

ސާރާ އަހުމަދު

logo

7/9/2026, 6:18:17 AM

# ބޮލީވުޑް

--

ބޮލީވުޑްގެ ސުޕަސްޓާ އާމިރު ޚާން އާއި ގޯރީ ސްޕްރެޓް މިދިޔަ ހަފްތާގައި ވަނީ ކައިވެނިކޮށްފިއެވެ.

THE TRAVELLER AD

އާމިރުގެ ބަންޑްރާގައި ހުންނަގޭގައި ވަރަށް ސާދާ އަދި އާއިލީ ގާތް ބަޔަކާއެކު ބޭއްވި މި ކައިވެނީގެ ހަފްލާގެ ތެރެއިން އެންމެންގެ ސަމާލުކަން އަތުލީ، އާމިރު އޭނާގެ އަނބިމީހާއަށް ހަދިޔާކުރި ޚާއްޞަ އަދި އަގުބޮޑު ކައިވެނީގެ އަނގޮޓީގެ ސަބަބުންނެވެ.

އާންމުކޮށް ކައިވެނިތަކުގައި ދޭ އަލިމަސް އަނގޮޓީގެ ބަދަލުގައި، އާމިރު ޚާން ޚިޔާރުކުރީ މާ މާނަ ފުން އަދި ޝާހީ ގޮތެއް ހުރި އަނގޮޓިއެކެވެ. ލަގްޒަރީ ގަހަނާ ބްރޭންޑް "ކުއީން" އިން ތައްޔާރުކުރި މި އަނގޮޓީގައި ވަނީ މަޑަގަސްކަރައިން ހޯދާފައިވާ ވަރަށް ނާދިރު "ރޫބީ" އެއް ހަރުކޮށްފައެވެ.

މި ބްރޭންޑްގެ ކޯ-ފައުންޑަރ އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނިގޮތުގައި، މިފަދަ ފެންވަރުގެ ރޫބީއެއް ހޯދުމަށް އެކަނިވެސް 3 މަހަށްވުރެ ދިގު މުއްދަތެއް ހޭދަވިއެވެ. "މިއީ މިލިއަނަކުން އެކެއްގެ އަތުގައި އޮންނާނެ ފަދަ ރޫބީއެއް. މި އަނގޮޓި ފަރުމާކޮށްފައިވަނީ ސީދާ ޝާހީ ރާނީއެއްގެ ސިފަ އަންގައިދޭ ގޮތަށް،" އޭނާ ބުންޏެވެ.

މި އަނގޮޓި ފަރުމާކޮށް ނިންމުމަށް 131 ފަންނުވެރިންގެ 256 ގަޑިއިރުގެ ބުރަ މަސައްކަތް ހޭދަވިއެވެ.

އަނގޮޓީގެ ބޭރު ފަރުމާކޮށްފައިވަނީ ރާނީއެއްގެ ތާޖެއްގެ ބައްޓަމަށް ވާގޮތަށެވެ. އަދި އޭގެ ރީތިކަން އިތުރުކުރުމަށްޓަކައި ގުދުރަތީ އަލިމަސްތައް ވެސް ވަނީ މުޅި އަނގޮޓީގައި އަތުރާފައިއެވެ.

މިއީ އާމިރު ގޯރީއަށް މިފަދަ އަގުބޮޑު ނާދިރު ގަހަނާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެމީހުންގެ އެންގޭޖްމަންޓް ހަފްލާގައި ވެސް އާމިރު ވަނީ ބްރެޒިލްގެ ނާދިރު "އެކުއަމެރިން" އަނގޮޓިއެއް ގޯރީއަށް ހަދިޔާކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC