logoEN
WAMCO TOP 1
އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތްތައް "ވަންގަވް" ޕްލެޓްފޯމަށް ބަދަލުކުރަނީ!

އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތްތައް "ވަންގަވް" ޕްލެޓްފޯމަށް ބަދަލުކުރަނީ!

އަހުމަދު ޝުރާއު

logo

7/6/2026, 8:16:20 AM

# އެކޮނޮމިކް މިނިސްޓްރީ

-

އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތްތަކެއް ކުރިއަށް އޮތް އޯގަސްޓް މަހުގެ ނިޔަލަށް އެއްކޮށް ޑިޖިޓަލްކޮށް ނިންމާލެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރުގެ ސިނާއަތާ ގުޅޭގޮތުންނާއި ރައްޔިތުންނަށް ދިމާވާ ދަތިތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ރަސްމީކޮށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، ދަތުރުފަތުރާ ގުޅުންހުރި ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވެސް އޮންލައިންކޮށް 24 ގަޑިއިރު ރައްޔިތުންނަށް ފޯރުކޮށްދެމުންދެއެވެ. ނަމަވެސް، މިހާރު ބޭނުންކުރާ ނިޒާމަށްވުރެ މާ ޒަމާނީ، ފަސޭހަ އަދި ފެންވަރު ރަނގަޅު ސިސްޓަމެއްގެ ތެރެއިން ޚިދުމަތްތައް ދެވޭގޮތަށް ބަދަލުތަކެއް ގެނައުމުގެ ބޮޑު މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެގޮތުން މި ބަދަލުތައް ގެންނާނީ ސަރުކާރުގެ ރަސްމީ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުންދޭ "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަންގަވްގެ ތެރެއިން ދަތުރުފަތުރާ ގުޅުންހުރި ޚިދުމަތްތައް ދޭން ފެށުމުން، ލިޔެކިޔުންތައް ހުށަހެޅުމުގައްޔާއި ޚިދުމަތް ލިބުމުގައި ރައްޔިތުންނަށް މިހާރު ދިމާވާ ބޮޑެތި ލަސްތަކާއި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ވަޒީރު ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ ސާފު އަމާޒަކީ އޯގަސްޓް މަސް ނިމުމުގެ ކުރިން ލޭންޑް ޓްރާންސްޕޯޓް ނުވަތަ އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތެއް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިންމުމެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދޭނީ "އީފާސް" މެދުވެރިކޮށްތޯ ނުވަތަ އެހެން ގޮތަކަށްތޯ ކަނޑައެޅުމުގެ ޖުމްލަ ސްޓްރެޓީޖިކް ތަސައްވަރެއް މިހާރު ސަރުކާރުގައި އެބައޮތް ކަމަށެވެ.

މި ބަދަލާއެކު، ލައިސަންސް ނެގުމާއި، އުޅަނދުތަކުގެ ރަޖިސްޓްރޭޝަންގެ ކަންކަން ހިމެނޭހެން އެއްގަމު ދަތުރުފަތުރުގެ ހުރިހާ ކަމެއް ފޯނުން ނުވަތަ އޮންލައިންކޮށް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހުޅުވި، ދައުލަތުގެ ޚިދުމަތްތަކުގެ ދުވެލި އަވަސްވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC