logoEN
Sto top
ވޯޓުލުމުގެ ހައްގު ލިބިގެންވާ 55 ޕަސަންޓު ރައްޔިތުން ވޯޓުލައިފި

ވޯޓުލުމުގެ ހައްގު ލިބިގެންވާ 55 ޕަސަންޓު ރައްޔިތުން ވޯޓުލައިފި

# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021

މިއަދުގެ އިންތިހާބުގައި 16:40 އާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 55 ޕަސަންޓު ރައްޔިތުން ވޯޓުލައިފިއެވެ.

Wamco

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ޓްވިޓާގައި އާންމުކުރެއްވި ވޯޓިންގް ސްޓޭޓަސް އަޕްޑޭޓުން ދެއްކި ގޮތުގައި، މިއަދު މެންދުރުފަހު 16:40 ވީ އިރު ވޯޓު ލީ މީހުންގެ އަދަދަކީ 155,192 އެވެ. އެއީ ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ 273,128 މީހުންގެ 55 ޕަސެންޓެވެ.

Voting status @1640hrs pic.twitter.com/T9J2ETEmku

— Ahmed Shareef (@ShareefRangondi) April 10, 2021

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. މީގެއިތުރުން ކަރަންޓީނު އަދި ޕޮޒިޓިވްވެގެން އައިސޮލޭޝަންގައި ތިބި މީހުންނަށް ޙާއްޞަކޮށްފައިވާ ގަޑިއަކީ 17:00 އިން 18:00އެވެ

މި އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ފަރާތުން 647 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުން ވާދަ ކުރާއިރު ޖުމްހޫރީ ޕާޓީން ވެސް 115 ކެންޑިޑޭޓުން ނެރެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside