logoEN
WAMCO TOP 1
އަމީންގެ ވާހަކައަށް ފައްޔާޒުގެ ރައްދު: "އޭޝިއާއާއި މެދުއިރުމަތީގެ ބޮޑެތި މަންޒިލްތަކަށް ހަނިމާދޫން ސީދާ ދެވޭނެ!"

އަމީންގެ ވާހަކައަށް ފައްޔާޒުގެ ރައްދު: "އޭޝިއާއާއި މެދުއިރުމަތީގެ ބޮޑެތި މަންޒިލްތަކަށް ހަނިމާދޫން ސީދާ ދެވޭނެ!"

އަހުމަދު ޝުރާއު

logo

7/2/2026, 3:21:12 PM

# ފައްޔާޒް އިސްމާއިލް

-

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުރު ރާސްތާގެ ދަތުރުތައް ކުރާ އެންމެ ބޮޑެތި މަތިންދާބޯޓުތައް ނުވަތަ ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެއް ނޫން ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވުމާ ގުޅިގެން، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް އެކަމަށް ރައްދު ދެއްވައިފިއެވެ.

THE TRAVELLER AD

މަޖިލީހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުގައި ލިމިޓޭޝަންތަކެއް ނުވަތަ ހުރަސްތަކެއް އެބަހުރި ކަމަށާއި، އެތަނުން ބޮޑެތި ބޯޓުތައް އޮޕަރޭޓް ކުރަން ބޭނުންނަމަ އެއާޕޯޓު އަލުން ރީޑިވެލޮޕް ކުރަން ނުވަތަ އަލުން ތަރައްގީ ކުރަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރުގެ އެ ވާހަކަފުޅަށް ރައްދުދެއްވަމުން ފައްޔާޒު އިސްމާއީލް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރީ ބައިނަލްއަގުވާމީ ފްލައިޓުތައް އެންމެ ފުރިހަމައަށް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށެވެ. އެގޮތުން އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ނެރޯބޮޑީ ބޯޓުތަކަށް އެތަނަށް ސީދާ ޖެއްސޭނެ ކަމަށާއި، އެއީ އިންޑިއާ، ލަންކާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ފަދަ އެތައް މިލިއަން ފަސިންޖަރުން ބޭނުންކުރާ މަންޒިލްތަކަށް ޑައިރެކްޓުކޮށް ދަތުރުކުރެވޭނެ ބޯޓުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި ޔޫރަޕާއި ޗައިނާ ފަދަ ދުރު ބައްރުތަކުން އަންނަ ފަތުރުވެރިންނަށް ވެސް އެ އެއާޕޯޓުތަކުން ކަނެކްޓިން ފްލައިޓުތަކުގައި ފަސޭހަކަމާއެކު ހަނިމާދޫއަށް ދަތުރުކުރެވޭނެ މަގު އޮތީ ފަހިކޮށްދީފައެވެ.

ފައްޔާޒު ވަނީ، ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނަ ފަސިންޖަރުން އުފުލަނީ މިފަދަ ނެރޯބޮޑީ އެއާކްރާފްޓުތަކުގައެވެ. މިވަގުތު އުތުރުގެ ސަރަހައްދުގައި އެ ބޮޑެތި ވައިޑްބޮޑީ ބޯޓުތަކަށް އެކަށީގެންވާ ޑިމާންޑު ނެތްއިރު، އެ ފެންވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރުމަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ އަދި ބުއްދިވެރި ނިންމުމަކަށް ނުވާނެ ކަމަށް ވިދާޅުވެފައިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ބޮޑު ޑިމާންޑެއް އުފެދޭ ދުވަހެއްގައި، އެއާޕޯޓުގެ ރަންވޭ އިތުރަށް ބޮޑުކުރުމަށް ބޭނުންވާނެ ބިން ވެސް ކުރީ ސަރުކާރުން އޮތީ ދުރާލާ ހަމަޖައްސާފައި ކަމަށް ފައްޔާޒު ހާމަކުރެއްވިއެވެ.

މި ބަހުސާ ގުޅުވައިގެން ފައްޔާޒު ވަނީ މިހާރުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓު މަޝްރޫއު ފެށުމާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓުމަންޓުތަކުގެ އަގު އުފުލިގެންދިޔަކަން ފާހަގަކުރައްވައި، އެ ތަނުގެ މަސައްކަތް ނިމިފައިވާއިރުވެސް ބައިނަލްއަގުވާމީ ފްލައިޓުތައް ނުގެނެސް އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އުތުރުގެ ފަތުރުވެރިކަން، މަސްވެރިކަން، ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ މުހިންމު އިގުތިސާދީ ދާއިރާތައް ފުޅާކުރުމަށްޓަކައި އެއާޕޯޓަށް ބޭރުގެ ފްލައިޓުތައް ގެނައުން މިހާރުން މިހާރަށް އަވަސްކުރަންޖެހޭ ކަމަށް ބުނެ އޭނާ ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް
ފަހުގެ
HDC