
ރައްޔިތުންގެ މަޖިލިސް- ފޮޓޯ: ރައީސް އޮފީސް
ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ރައްޔިތުން މަޖިލީހަށް މިދިޔަ މަހު ހުށަހެޅުއްވި މި ބިލް ފާސްކުރީ މަޖިލީހުގެ 68 މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނު ކުރިން އޮތްގޮތުން ސިނގިރޭޓުން 8 ރުފިޔާގެ ޑިއުޓީ ނަގާއިރު، ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އެ ރުފިޔާ 4 ރުފިޔާއަށް ދަށްކުރުމަށެވެ. އަދި މި ބިލުގައި ސިނގިރޭޓުގެ އިތުރުން ބިޑިއާއި، ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯ ކުުރުމަކާނުލާ ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށެވެ.
މި ބިލުގެ ސަބަބުން ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާ ކުރި އާމްދަނީ ދަށަށް ދާއިރު، މިއީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލުމަށް ވެސް ވަނީ ހިމަނާފަ އެވެ.
ބިލު ފާސްވެ، ރައީސް ތަސްދީގުކުރެއްވުމާއެކު އެ ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަންޖެހޭނެ އެވެ.
ގުޅުންހުރި

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ފާސްކޮށްފި

އޮޅުނީ "ޑިޖިޓަލް" ލަފުޒު: ގެއްލުނީ ބިލުގެ މުހިންމުކަން, ފެށުނީ ބޮޑު ފުރައްސާރައެއް!

ސްކޫލްތަކުގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދުން ޤާނޫނާ ޚިލާފު - މިނިސްޓަރ




