
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލަނީ
# ދިވެހި ކުޅިވަރު # އެފްއޭއެމް# އެފްއޭއެމް ފުޓްސަލް ލީގުސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ޓްރޮފީއާއެކު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: އެފްއޭއެމް
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް ސޯޝަލް މީޑިއާގައި މިއަދު ކުރެވި ޕޯސްޓެއްގައި ވިދާޅުވީ މި މުބާރާތަކީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑު ވެސް ކުރިއަށްގެންދާ އުސޫލުން ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކަމަށެވެ.
އެގޮތުން މިއީ ރާއްޖޭ ރަށްރަށަށް ހުޅުވާލައިގެން އެފްއޭއެމް އިން ބާއްވާ ފުރަަތަމަ ފުޓްސަލް މުބާރާތެވެ. އަދި އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން، ހަތަރު ޒޯނަކަށް ރާއްޖެ ބަހާލާއިރު، ނޯތު ރީޖަންގައި ހިމެނެނީ، ހއ. ހދ. ށ، ނ، ރ، ބ، ޅ، ކުޅުދުއްފުށި ސިޓީ އެވެ. އަދި، ސެންޓްރަލް ރީޖަންގައި ހިމެނެނީ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮތީ، މާލެ ރީޖަން އެވެ. މަލޭ ރީޖަންގައި ހިމެނެނީ، މާލެ ސިޓީގެ ކްލަބުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ވަނަ ޑިވިޝަނާއި، ތިން ވަނަ ޑިވިޝަނުގެ ކްލަބްތަކެވެ.
ތޯރިގުގެ ޕޯސްޓްގައިވާ ގޮތުން މިމުބާރާތުގެ ސަބަބުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ފަހިވުމުގެ އިތުރުން މިއީ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ދިފާއިކުރުމަށް ކުރާ ދަތުރުގައި އެޅުނު މުހިންމު ފިޔަވަޅެކަމަށެވެ.
މިއަހަރުގެ ޖެނުއަރީ މަހު ބޭއްވި ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ދިވެހިރާއްޖެ އިން ކާމިޔާބުކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. އެގޮތުން ލީގު އުސޫލުން ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި 7-1 ގެ ނަތީޖާއަކުން ޕާކިސްތާން ބަލިކުރިއިރު، ދެވަނަ މެޗުގައި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 6-0 ގެ ނަތީޖާއަކުނެވެ.
ތިންވަނަ މެޗުގައި އިންޑިއާ އަތުން 5-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ހަތަރުވަނަ މެޗުގައި ނޭޕާލް އަތުން ދިވެހި ޓީމު މޮޅުވީ ވާދަވެރި ކުޅުމަކަށް ފަހު 2-1 ގެ ނަތީޖާއަކުންނެވެ. އަދި ފަސްވަން މެޗުގައި ބޫޓަން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވިއިރު، ލީގު ބުރުގެ ފަހު މެޗުގައި ސްރީލަންކާ އާއި ވާދަކޮށް ރާއްޖެ މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.
މިހާރު ވެސް ރާއްޖޭގައި އަމިއްލަ ފަރާތްތަކުން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލެވިގެން ވަރަށް ކާމިޔާބު ފުޓްސަލް މުބާރާތްތަކެއް ބާއްވަމުން އަންނައިރު، މިއީ ރާއްޖޭގެ ފުޓްބޯޅަ އަދި ފުޓްސަލްގެ ބެލެނިވެރި ފަރާތްކަމުގައިވާ އެފްއޭއެމް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
ރަސްމީ ސިފައެއްގައި އެފްއޭއެމް އިން ރާއްޖޭގައި ފުޓްސަލް މުބާރާތްތަކެއް ނުބޭއްވި ނަމަވެސް 2004 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލެވި ސަރަހައްދީ މުބާރާތްތަކުގައި އަންނަނީ ވާދަކުރަމުންނެވެ. އެގޮތުން 2004 އަދި 2005 ވަނަ އަހަރު ފުޓްސަލް އޭޝިއަން ކަޕްގައި ރާއްޖެ އިން ވާދަކުރި ނަމަވެސް 2006، 2007 އަދި 2008 ގައި ރާއްޖެ ވާދަކޮށްފައިވަނީ މުބާރާތުގެ ކޮލިފައިން ބުރުގައެވެ.
ނަމަވެސް އޭގެ ފަހުން، އޭއެފްސީން ފުޓްސަލް މުބާރާތުގެ ކޮލިފައިން ވަނީ ޒޯން ތަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، 2010، 2012، 2014، 2016 އަދި 2018 ވަނަ އަހަރު ރާއްޖޭ އިން ކޮލިފައިންގައި ވާދަކޮށްފައެއްނުވެ އެވެ. ނަމަވެސް، 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ބޭއްވުނު އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގައި ރާއްޖެ އިން ވާދަކުރިއިރު 12 އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭން 2022 ވަނަ އަހަރު ރާއްޖެ އިން ވަނީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފިކޭޝަންގައި ކުޅެފައެވެ.
މީގެ އިތުރުން، ތައިލެންޑުގައި ބޭއްވި އިންވިޓޭޝަަނަލް މުބާރާތެއްގައި ރާއްޖޭގެ ފުޓްސަލް ޓީމު ވާދަކޮށްފައިވާއިރު، އެންމެ ފަހުން ގައުމީ ޓީމު އޭއެފްސީން ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ވާދަކޮށްފައިވަނީ 2024 ވަނަ އަހަރު އެވެ.
ގުޅުންހުރި

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލަނީ
މާސްޓަރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2026 ގައި ވާދަކުރާ ބޭރުގެ ޓީމުތައް ރާއްޖެ އަންނަން ފަށައިފި

ބުރުނު ޝިކާރު: ޖޫނިއާ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޒޯހާ ހޯދައިފި




