
"ގްރޭންޑް ހަލާލް ބެންކޮކް 2026" މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް!
# އެކޮނޮމިކް މިނިސްޓްރީ-
ތައިލެންޑް ބެންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަހަރު ޖުލައި މަހުގެ 15 އިން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ގްރޭންޑް ހަލާލް ބެންކޮކް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެ އަށް ހުޅުވާލައިފިއެވެ.

މިއީ ތައިލެންޑުގެ ސެންޓްރަލް އިސްލާމިކް ކައުންސިލް އިން ރަސްމީކޮށް އެއްބާރުލުންދީގެން ބާއްވާ، އެޤައުމުގެ ހަމައެކަނި ބައިނަލްޤުވާމީ ހަލާލް ސިނާއަތުގެ މައުރަޒެވެ. މިމައުޒަރުގައި ރާއްޖޭގެ ކުންފުނިތަކާއި، ސިނާއީ ފަރާތްތަކާއި، ސަރުކާރުގެ މުއައްސާސާތަކުން ބައިވެރިވުމަށް، ވަނީ ހުޅުވާލާފައެވެ.
މިމައުޒަރަކީ ތިން ދުވަހަށް ދެމިގެންދާ، ޙަލާލް ސިނާއަތާ ގުޅުންހުރި ތަފާތު ދާއިރާތައް ހިމެނޭ މައުޒަރެކެވެ. މީގެތެރޭގައި ކާބޯތަކެތީގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ސިއްހީ ދައިރާ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން، ބީ2ބީ ސެޝަންތަކުގައި ބައިވެރިވާން ޝަރުތުހަމަވާ ފަރާތްތަކަށް ޕްރީމިއަމް ސްޕޮންސަރޝިޕް ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިމައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 31 މެއި 2026 ގެ ކުރިން، މި މައުރަޒުގެ ރަސްމީ ވެބްސައިޓް (grandhalalbangkok.com) މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރެވޭނެއެވެ. އަދި މައުރަޒާ ބެހޭ އިތުރު މައުލޫމާތު ގްރޭންޑް ހަލާލް ބެންކޮކް ގެ ވެބްސައިޓް (grandhalalbangkok.com) އިންވެސް ލިބޭންހުންނާނެއެވެ.
މިމައުޒަރާބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މި ވުޒާރާގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ގުޅުންހުރި

"ގްރޭންޑް ހަލާލް ބެންކޮކް 2026" މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް!

ނ. އަތޮޅު ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަދީފި
.webp&w=3840&q=75)



