
ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ގާއިމްކުރުމަށް ހަވާލުކުރުން- ފޮޓޯ: އެމްއެންޔޫ
ގއ. ވިލިނގިލީގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ގާއިމްކުރުމަށް ސޮލެކްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މުޅި ރާއްޖެއަށް މަތީ ތައުލީމްގެ ފުރުސަތުތައް ފަހިކޮށްދީ ފުޅާ ކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުކެވެ.
މި މަޝްރޫއުގެ ދަށުން ޔުނިވާސިޓީގެ ކެމްޕަސް ތަރައްގީ ކުރުމުގެ އިތުރުން ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކެއްވެސް ހިމެނެ އެވެ.
ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ގާއިމްކުރުމަށް ހަވާލުކުރުން- ފޮޓޯ: އެމްއެންޔޫ
މި ސިޔާސަތުގެ ދަށުން މިހާރުވެސް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ޔުނިވާސިޓީއާއި އިސްލާމީ ޔުނިވާސިޓީގެ ކެމްޕަސްތައް ތަރައްގީ ކުރުމަށް ކުންފުނިތަކާ ހަވާލުކޮށް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތްވެސް ފަށާފަ އެވެ. މި ތަންތަން ތަރައްގީކުރަނީ ދަރިވަރުންނަށް ކްލާސްތައް ހިންގުމަށް އެކި ކްލާސްރޫމްތަކާއި އެ ކެމްޕަސްތަކުގައި ތިބެގެން ކިޔެވޭނެ ގޮތަށް ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކްތަކާއެކުގަ އެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މިފަދަ ގިނަ ތަންތަން ނިމި މަތީ ތައުލީމުގެ ފުރުސަތު އަތޮޅުތަކުގައި ފުޅާކުރެވިގެން ދިޔުމެވެ. އަދި މިއީ މަތީ ތައުލީމު ހާސިލުކުރުމަށް މާލެއަށް ބަރޯސާވުމަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރުމުންދާ މަސައްކަތްތަކެކެވެ.
ގުޅުންހުރި

ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ގާއިމްކުރުމަށް ހަވާލުކޮށްފި

އެމް.އެން.ޔޫ އާއި އެން.އައި.ސީއާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމް.އެން.ޔޫ އަދި ކަރޓިން ޔުނިވާސިޓީއާއި ދެމެދު އެއްބަސްވުމެއް

.gif&w=3840&q=75)



