
ލ ގަން އެމްއެންޔޫ ކެމްޕަސް:- ފޮޓޯ | އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ލ. ގަން ކެމްޕަހުގައި އެކޮމޮޑޭޝަން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލައިފިއެވެ.
އެމްއެންޔޫއިން ހާމަކުރި ގޮތުގައި، މި މަސައްކަތަށް ކުރިން ކުރި ނަންބަރު MNU-CA-PAMD/2026/66 އިޢުލާނާ ގުޅިގެން ހުށަހެޅި ބީލަންތައް އިވެލުއޭޝަން މަރުޙަލާއިން ޑިސްކޮލިފައިވެފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަން ވަނީ ނިންމާފައެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަމުގެ އަގު 500,000.00ރ (ފަސްލައްކަ ރުފިޔާ) އަށްވުރެ މަތިވާނަމަ، ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓާއި، ފުރަންޖެހޭ އެންމެހައި ފޯމްތަކާއި، ޢަމަލުކުރަންޖެހޭ އުޞޫލުތައް ސަރުކާރުގެ ގެޒެޓުގައިވާ އިއުލާނާއެކު އެޓޭޗް ކުރެވިފައެވެ.
މި ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީ ބިޑް މީޓިންގ އޮންނާނީ 2026 ޖުލައި 22 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި އޮންލައިންކޮށެވެ. ބައްދަލުވުމުގައި ބޭނުންކުރާނެ ގޫގުލް މީޓް ލިންކު އިއުލާނުގެ ސެކްޝަން 2 ގައި ބަޔާންކޮށްފައިވާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 2026 އޮގަސްޓު 5 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.
އެމްއެންޔޫއިން ހާމަކުރާ ގޮތުގައި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމުގެ ނަމާއި، އިއުލާނު ނަންބަރުގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ނަން ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށާއި، ބީލަމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ފުރިހަމަކޮށް ހުށަހެޅުމަށް ޔުނިވަރސިޓީން އިލްތިމާސްކުރެއެވެ.
.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)
.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)






