logoEN
PNC TOP 3
ގާފު ރެސިޕީ: ޓްރޮޕިކަލް އޯޓްމީލް ސްމޫތީ

ގާފު ރެސިޕީ: ޓްރޮޕިކަލް އޯޓްމީލް ސްމޫތީ

ސާރާ އަހުމަދު

logo

3/17/2026, 7:45:00 PM

# ގާފު ރެސިޕީ# ރެސިޕީ

-

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ނަވާވީސް ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ޓްރޮޕިކަލް އޯޓްމީލް ސްމޫތީ އެވެ.

ބޭނުންވާ ތަކެތި:
  1. 1/2 ޖޯޑު ރޯލްޑް އޯޓްސް
  2. 1 ދޮންކެޔޮ
  3. 1 1/2 ޖޯޑު ޕްލެއިން އަންސްވީޓެންޑް ކޮކޮނަޓް މިލްކް
  4. 1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް
  5. 1/2 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
  6. ލޮނު
  7. 3/4 ޖޯޑު ފްރޯޒަން އަންސްވީޓެންޑް މެންގޯ ކިއުބްސް
  8. 3/4 ތަށި ފްރޯޒަން އަންސްވީޓްޑް ޕައިންއެޕަލް ކިއުބްސް
  9. ތާޒާ ޕައިންއެޕަލް ވެޖްސް (ގާނިޝްކުރުމަށް)
ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އޯޓްސް ބްލެންޑަރަކަށް އަޅާފައި ޕައުޑަރއަށް ވަންދެން މުގުރާލާށެވެ. އެއަށްފަހު 2 އައިސްކިއުބް، ދޮންކެޔޮ، ކޮކޮނަޓް މިލްކް، ލުނބޯ ޖޫސް، ވެނީލާ އަދި ލޮނު އަޅައިފައި ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. ދެން އަނބު އަދި އަލަނާސި އެއަށް އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

ބިއްލޫރި ތައްޓަކަށް އެޅުމަށްފަހު ޕައިންއެޕަލް ވެޖް އަކުން ގާރނިޝް ކޮށްލާށެވެ.

މިހާރު މިހިރީ މި ސްމޫތީ ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ފަސޭހައިން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ވަރަށް މިޜު ބުއިމެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC