logoEN
PNC TOP 3
ގާފު ރެސިޕީ: ބަނާނާ ބްރެޑް ޑޯނަޓްސް

ގާފު ރެސިޕީ: ބަނާނާ ބްރެޑް ޑޯނަޓްސް

ސާރާ އަހުމަދު

logo

3/15/2026, 6:04:00 PM

# ގާފު ރެސިޕީ# ރެސިޕީ

-

ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

PNC MID 2

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ސައްބީސްވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ބަނާނާ ބްރެޑް ޑޯނަޓްސް އެވެ.

ބޭނުންވާ ތަކެތި:
  1. ކުކިންގ ސްޕްރޭ
  2. 1 ޖޯޑު ފުށް
  3. 1 ސައި ސަމުސާ ބޭކިން ޕައުޑަރ
  4. 1 ސައި ސަމުސާ ފޮނިތޮށި (މުގުރާފައި)
  5. 1/2 ސައި ސަމުސާ ލޮނު
  6. 1/4 ސައި ސަމުސާ ބޭކިން ސޮޑާ
  7. 1 ބިސް
  8. 1/2 ޖޯޑު ލައިޓް ބްރައުން ޝުގަރ
  9. 4 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރު (މެލްޓްކޮށްފައި، ހިހޫކޮށްފައި)
  10. 1 ސައި ސަމުސާ ވެނީލާ އެސެންސް
  11. 1 ޖޯޑު ދޮންކެޔޮ (މޭޝް ކޮށްފައި)
  12. 2 މޭޒުމަތީ ސަމުސާ ސަވަރ ކްރީމް

މޭޕްލް ގްލޭޒް ހެދުމަށް

  1. 1 1/4 ޖޯޑު އައިސިން ޝުގަރ
  2. 2 މޭޒުމަތީ ސަމުސާ މޭޕްލް ސިރަޕް
  3. 2 މޭޒުމަތީ ސަމުސާ ކިރު
  4. ވޯލްނަޓްސް ( ކޮށާފައި، ޓޯސްޓްކޮށްފައި)
ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަވަން ޕްރީހީޓް ކޮށްލާށެވެ. އަދި ޑޯނަޓް ޕޭންއަށް ކުކިންގ ސްޕްރޭ ޖަހާފައި ތައްޔާރުކޮށްލާށެވެ. އެއަށްފަހު ތައްޓެއްގައި ފުށް، ބޭކިން ޕައުޑާ، ފޮނިތޮށި، ލޮނު އަދި ބޭކިން ސޮޑާ އެއްކޮށްލާށެވެ. ދެން އިތުުރު ތައްޓަކަށް ބިސް، ބްރައުން ޝުގަރ، ބަޓަރު އަދި ވެނީލާ އަޅާށެވެ. އަދި އެއަށް ދޮންކެޔޮ އަދި ސަވަރ ކްރީމް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އެއަށްފަހު ކުރިން އެއްކުރި ހިކި އިންގްރިޑިއަންޓްސް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.

ދެން ސަމުސަލަކުން ފުއްގަނޑު ޑޯނަޓް ޕޭންތަކަށް އަޅާށެވެ. އަދި 12 ނުވަތަ 14 މިނިޓް ވަންދެން ޑޯނަޓްސްތައް ފިހެލާށެވެ. ފިހެ ނިމުމުން 5 ވަރަކަށް މިނިޓް ވަންދެން ހިހޫކޮށްލާށެވެ.

އެއަށްފަހު މޭޕަލް ގްލޭޒް ހެދުމަށް ހަކުރު، ސިރަޕް އަދި ކިރު އެއްކޮށްލާށެވެ. ދެން ޑޯނަޓްތައް ގްލޭޒްއަށް ޑިޕްކޮށްލުމަށްފަހު މައްޗަށް ވޯލްނަޓް ބުރުވާލާށެވެ.

މިހާރު މިހިރީ މި ޑޯނަޓްތައް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ދޮންކެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ތަފާތު ރެސިޕީއެކެވެ.

undefined

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC