
-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފަންސަވީސް ވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ކެބެޖް ޑަމްޕްލިންގްސް އެވެ.
ބޭނުންވާ ތަކެތި:
- 454 ގްރާމް ގްރައުންޑް ޗިކަން
- 2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ސިލަންޓްރޯ (ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
- 2 ސްކެލިއަން (ތުނިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ އަދި 1/3 ޖޯޑު ސޯޔާ ސޯސް
- 2 މޭޒުމަތީ ސަމުސާ ޓޯސްޓެޑް ސެސަމީ އޮއިލް
- 1 ބިސް (ގިރާފައި)
- 13 ފެހި ކެބެޖް ފަތް
- 2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ
- 1/4 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތައްޓެއްގައި ކުކުޅު، ލޮނުމެދު، އިނގުރު، ސިލަންޓްރޯ، 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް، 1 މޭޒުމަތީ ސަމުސާ ސެސަމީ އަދި ބިސް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު ތެއްޔަކަށް ފެނާއި ލޮނު އެޅުމަށްފަހު ކެބެޖް ފަތްތައް މަޑުވަންދެން ކައްކާލާށެވެ. އެއަށްފަހު ފަތްތައް ހިއްކަން ޓިޝޫއެއްގައި ބަހައްޓާށެވެ. ދެން ކެބެޖް ފަތްތަކުގެ މެދު ނަގާފައި މެދުން ބުރިކޮށްލާށެވެ. އެއަށްފަހު ފަތުގެ ކޮޅުގައި 1 މޭޒުމަތީ ސަމުސާ ކުކުޅުމަސް މިކްސްޗަރ އަޅާފައި ދެ ސައިޑް އެތެރެއަށްލާފައި ބާރަށް ރޯލްކޮށްލާށެވެ. ބާކީ ހުރި ހުރިހާ ކެބެޖް ފަތަކަށް މި ގޮތަށް ރިޕީޓްކޮށްލާށެވެ.
ދެން ތަވައެއްގައި ޒައިތޫނި ތެޔޮ ހޫނު ކޮށްލާށެވެ. އަދި ޑަމްޕްލިންގްސް ގޯލްޑް ކުލަ ޖެހެންދެން، ގާތްގަނޑަކަށް ދެ މިނިޓް ވަންދެން ކައްކާލާށެވެ. ދެން ތަވައަށް ފެން އަޅާފައި މަތިޖަހާގެން ކުކުޅުކޮޅު ރަނގަޅަށް ރޯފިލަންދެން ގާތްގަޑަކަށް 10 ވަރަކަށް މިނިޓް ވަންދެން ސްޓީމް ކޮށްލާށެވެ. އަދި ޑަމްޕްލިންގްސް ސޯސް ތައްޔާރުކުމަށް ކުޑަ ތައްޓެއްގައި ބާކީ ހުރި ސްކެލިއަން، 1/3 ޖޯޑު ސޯޔާ ސޯސް އަދި 1 މޭޒުމަތީ ސަމުސާ ސެސަމީ އޮއިލް އެއްކޮށްލާށެވެ.
ދެން ޑަމްޕްލިންގްސްތައް ތައްޓަކަށް ބަދަލުކޮށްފައި ސޯސްއާ އެކު ސާވް ކޮށްލާށެވެ.
މިއީ ސިއްހަތަށް ފައިދާހުރި ގޮތަކަށް ޑަމްޕްލިންގްސް ތައްޔާރުކޮށްލަން ބޭނުންވާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ރެސިޕީއަކަށް ވާނެކަމަށް އުންމީދުކުރަމެވެ.

.gif&w=3840&q=75)






