
-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.

އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ބާވީސް ވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ކެރެމެލައިޒްޑް އަނިއަން ޑިޕް އެވެ.
ބޭނުންވާ ތަކެތި:
- 2 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރު
- 2 މޭޒުމަތީ ސަމުސާ ވެޖިޓަބަލް އޮއިލް
- 2 ފިޔާ (ކުދިކޮށް ކޮށާފައި)
- ލޮނު
- 1/2 ޖޯޑު ކްރީމް ޗީޒް (ރޫމް ޓެމްޕަރޭޗާގައި)
- 1/2 ޖޯޑު ސަވަރ ކްރީމް
- 1/3 ޖޯޑު މެޔޮނައިޒް
- އަސޭމިރުސް (މުގުރާފައި)
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވައެއްގައި ބަޓަރު މެލްޓްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ތެޔޮކޮޅު އަޅާލާށެވެ. ދެން ފިޔާ އަދި ލޮނު އަޅާފައި ފިޔާކޮޅު ރަތްކޮށްލާށެވެ.ފިޔާ ރަތްވުމުން، ހިހޫކޮށްލަން އެހެންތައްޓަކަށް ބަދަލުކޮށްލާށެވެ. ހިހޫވުމުން އޭގެތެރެއަށް ކްރީމް ޗީޒް، ސަވަރ ކްރީމް އަދި މެޔޮނައިޒް އަޅާފައި އެއްކޮށްލާށެވެ. އަދި ލޮނު އަދި އަސޭމިރުސް އަޅާފައި ރަހަހެޔޮވަރުކޮށްލާށެވެ.
މިހާރު މިހިރީ ކެރެމެލައިޒްޑް އަނިއަން ޑިޕް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ޗިޕްސް ނުވަތަ ޕާނާއިއެކުވެސް ކާން ވަރަށް މީރުވާނެއެއްޗެކެވެ.

.gif&w=3840&q=75)






