
ނުފުރި ތިބި 164 ޢުމްރާވެރިންނަށް އުމްރާއަށް ފުރޭގޮތް ސަރުކާރުން ހަމަޖައްސައިދީފި
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
އެކި ސަބަބުތަށް ދިމާވެގެން ނުފުރި ތިބި 164 ޢުމްރާވެރިން މިރޭ އުމްރާއަށް ފުރޭގޮތް ސަރުކާރުން ހަމަޖައްސައިދީފި އެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މިޑީއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިކަމަށްޓަކައި މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރ ކޮށްފައިވާ ކަމަށާއި މައްކާގެ އިންތިޒާމްތައް ވެސް މިހާރު ހަމަޖެހިފައިވާ ކަން ވަޒީރު ހާމަކުރެއްވި އެވެ.
ވަޒީރު ވަނީ މި އިންތިޒާމުތައް ހަމަޖައްސައިދެއްވުމާއި ގުޅިގެން ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވާފައި އެވެ.
އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ވެސް އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައި އެވެ.
ގުޅުންހުރި

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މާދަމާރޭ ފަށަނީ

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ސެމީ ފައިނަލަށް 379 ބައިވެރިން ހޮވައިފި

ޒުވާން ޚަޠީބުންގެ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި




