



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



-
ގާފު ރެސިޕީ އަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ގާފު ނޫހުގެ ކިޔުންތެރިންނާއި ހަމައަށް މި ނޫހުގެ ފަރާތުން ގެނެސްދޭ ރެސިޕީއަށް ޚާއްސަ ސެގްމެންޓެކެވެ.
އެގޮތުން މި ސެގްމެންޓު 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް ގާފު ނޫހުން ގެނެސްދެއެވެ.
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގައިވެސް ތަފާތު ރެސިޕީތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ތޭރަވަނަ ރެސިޕީއެއްގެ ގޮތުގައި މިގެނެސްމިދެނީ ސުޝީ ސޭންޑްވިޗް އެވެ.
އެންމެ ފުރަތަމަ ތައްޓެއްގައި މެޔޮނައިޒް، ސްރީރާޗާ، ތެޔޮ އަދި ސޯޔާ ސޯސް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއެއްްގައި ފޮއިލް އެޅުމަށްފަހު ސެލްމަން ބާއްވާލުމަށްފަހު ލޮނު އަޅާފައި ސީޒަން ކޮށްލާށެވެ. އަދި ކޮންމެ ސަލްމަން ފޮއްޗެއްގައި މެޔޮނައިޒް މިކްޗަރ ހާކާލާށެވެ. އެއަށްފަހު 9-11 މިނިޓް ވަންދެން ސަލްމަން ބްރޮއިލް ކޮށްލާށެވެ.
ދެން އިތުރު ތައްޓެއްގައި ބަތް، ފުރިކާކޭ، ވިނިގާ، ހަކުރު އަދިސޯޔާ ސޯސް އަޅާފައި އެއްކޮށްލާށެވެ.
އެއަށްފަހު އިތުރު ތައްޓެއްގައި ކެބެޖް، ލޮނު، ވިނިގާ އަދި ހަކުރު އެއްވަންދެން އެއްކޮށްލާށެވެ. ދެން ސަލްމަން އެހެން ތައްޓަކަށް ބަދަލުކުރުމަށްފަހު 2 މޭޒުމަތީ ސަމުސާ މެޔޮނައިޒް މިކްޗަރ އިން އަޅާށެވެ. އެއަށްފަހު އުލެއް ބޭނުންކޮށްގެން ސަލްމަން ވަކި ވަކި ކޮށްލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެެވެ.
ދެން ކަޓިން ބޯޑެއްގައި ނޯރީ ޝީޓެއް ބާއްވާލާށެވެ. އަދި ރައިސް މިކްސްޗަރ މެދަށް އަޅާލާށެވެ. ދެން އިނގިލިތައް ތެތްކޮލުމަށްފަހު ބަތްތައް ފަތުރާލާށެވެ. ދެން އޭގެ މައްޗަށް ސަލްމަން މިކްސްޗަރ އެޅުމަށްފަހު ފަތުރާލާށެވެ. ދެން ކިއުކަމްބާ ސްލައިސް، ކެބެޖް މިކްސްޗަރ، ގާނާފައިހުރި ކެރެޓް، އެވޮކާޑޯ ސްލައިސް އަދި މެޔޮނައިޒް މިކްޗަރ އަޅާށެވެ. ދެން ޝީޓުގެ މަތީ ކޮޅު މެދާހަމައަށް ގެނެސްފައި ދެ އަރިމަތި ފޯލްޑްކޮށްލާފައި ބާރަށް ތިރިއަށް އޮޅާލާށެވެ. އެއަށްފަހު ޕްލާސްޓިކް ރެޕް ބޭނުންކޮށްގެން ރަނގަޅަށް ރެޕްކޮށްލާށެވެ. ބާކީ ހުރި ޝީޓްތައްވެސް މިގޮތަށް ރިޕީޓްކޮށްލާށެވެ.
ސާވްކުރަމުން ސުޝީ ސޭންޑްވިޗް މެދުން ކަފާލުމަށްފަހު ތައްޔާރުކުރި މެޔޮނައިޒް މިކްޗަރ އާއި އެކު ސާވް ކޮށްލާށެވެ.
މިހާރު މިހިރީ ސުޝީ ސޭންޑްވިޗް ތައްޔާރުކޮށް ނިމިފައިއެވެ. މިއީ ސުޝީ މީރު ބޭފުޅުންނަށް ވަރަށް ކަމުދާނެ ރެސެޕީއަކަށް ވާނެކަމަށް އުންމީދުކުރަމެެވެ.




.jpg?w=3840&q=75)