
-
ލޭ ރައްކާ ކުރާ ބްލަޑް ބޭންކުތަކުން ވަރަށް ބޮޑަށް ލޭ މަދުވުމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފި އެވެ.

އެމްއޭސީއެލުން މިއަދު ބުނީ ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕުގެ ނަމުގައި މިއަދު އެކުންފުނީން މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލޭ ހާދިޔާކުރުމުގެ ދެ ދުވަހުގެ ކޭމްޕެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން މާދަމާގެ ނިޔަލަށް ކުުރިޔަށް ގެންދާ މި ކޭމްޕުގައި އެކުންފުނީން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފުން ލޭ ހަދިޔާކުރުމަށް ވަނީ ނިންމާފައި އެވެ.
މި ހަރަކާތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ އެކުންފުނީގެ ސީސީއޯ މުހައްމަދު މިހާދު އެވެ. މިއަދުގެ ކޭމްޕު ހަވީރު 4:00 އާއި ހަމައަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު މާދަމާ ހެނދުނުން ފެށިގެން ހަވީރަށް މި ކޭމްޕު ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.
މި ކޭމްޕު ކުރިޔަށްދަނީ މޯލްޑިވްސް ބްލަޑް ސާވިސް އާއި ގުޅިގެން ވީއައިއޭގެ ރެކްރިއޭޝަން ސެންޓަރުގައި އެވެ.
ލޭ ރައްކާ ކުރާ ބްލަޑް ބޭންކުތަކުން ވަރަށް ބޮޑަށް ލޭ މަދުވެ، އަސާސީ ކަންކަމަށް ބޭނުންވާ މިންވަރަށް ވެސް ލޭ ނެތުމުން، ނެޝަނަލް ބްލަޑް ސަޕްލައި އެމަޖެންސީއެއް ބްލަޑް ސާވިސްއިން މިދިޔަ ބުދަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.
ގުޅުންހުރި

އޭވިއޭޝަން އިންސްޓިޓިއުޓާއެކު ދާއިރާއަށް ބޭނުންވާ ގާބިލު މީހުން ބިނާކުރުން ހަލުވިވެގެންދާނެ - ޝަރީފް

އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް އިފްތިތާހުކޮށް، ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

ވީއައިއޭގައި ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ އިމަޖެންސީ އެކްސަސައިޒެއް ކާމިޔާބުކަމާއެކު ނިންމާލައިފި
.jpg&w=3840&q=75)



