
އެމް.އެން.ޔޫ އާއި އެން.އައި.ސީއާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
# އެމްއެންޔޫ-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެން.އައި.ސީ)އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، އެމް.އެން.ޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި އެން.އައި.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ކޮމިޝަނުގެ ރައީސް،ޝުއައިބު އަބްދުއްރަހްމާނެވެ.
ދިރާސާކުރުމަށް ޚާއްސަކުރެވިގެން ސޮއިކުރެވޭ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޢިލްމީ ހެކިތެކުގެ ޢަލީގައި ޢަމަލީގޮތުން މަސައްކަތްތައްކުރުމާއެކު، މުވައްސަސާތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ދާއިރާއާއި ގުޅޭ މަޢޫލޫމާތު މުއްސަނދިކުރުމެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން، ތަފާތު ރިސަރޗް ޕްރޮގްރާމްތަކާއި، އޮން-ދަ-ޖޮބް ޓްރެއިނިންގ، ސެމިނާ، ވޯކްޝޮޕްތަކުގެ ފުރުޞަތުތައް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަތައް އިތުރުވެގެންދާނެއެވެ. އަދި ދިރާސާގެ އަލީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ދިވެހިރާއްޖޭގެ މުސްތަޤްބަލު ބިނާކުރުމުގެ މަގު ފަހިވެގެންދާނެއެވެ.
ގުޅުންހުރި

އެމް.އެން.ޔޫ އާއި އެން.އައި.ސީއާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމް.އެން.ޔޫ އަދި ކަރޓިން ޔުނިވާސިޓީއާއި ދެމެދު އެއްބަސްވުމެއް

އެމްއެންޔޫ އާއި ޔޫތު މިނިސްޓްރީއާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކޮށްފި

.gif&w=3840&q=75)



