








-
45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ.ދުވާފަރުގައި ފެށިގެން ކުރިޔަށްދާ ކާބޯތަކެތީގެ މައުރަޒަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން ޒިޔާރާތްކުރައްވައިފި އެވެ.
ރައީސްގެ ދެކަނބަލުން މިއަދު ހެނދުނު ވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ވަޑައިގެންފައި އެވެ.
އެގޮތުން މިއަދު މެންދުރު ރައީސްގެ ދެކަނބަލުން ވަނީ މި މައުރަޒަށް ޒިޔާރާތްކުރައްވައި މައުރަޒުގައި ހުރި އުފެއްދުންތައް ބައްލަވާލައްވާފައި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ބޭއްވި ކާބޯތަކެތީގެ މައުރަޒަކީ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން އިން އިންތިޒާމްކޮށްގެން ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް ކުރިއަށްގެންދިޔަ މައުރަޒެކެވެ. މި މައުރަޒުގައި ދުވާފަރުގެ އިތުރުން ރ އަޮޅުގެ ގިނަ ރަށްތަކުން ބައިވެރިވެފައިވެއެވެ.
މި މައުރަޒުގައި ދިވެހީންގެ އަމިއްލަ ގިނަ އުފެއްދުންތަކެއް ވަނީ ދައްކާލާފައެވެ. މި މައުރަޒު ކުރިޔަށްދާނީ މިއަދުގެ ނިޔަލަށެވެ.

.jpg?w=3840&q=75)
%20(1).jpg?w=3840&q=75)





