logoEN
Sto top
އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުން: ބޯޓުގެ ދެ އިންޖީނަށް ތެޔޮ ފޮނުވާ ސްވިޗް ނިއްވާލިކަން ހާމަވެއްޖެ

އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުން: ބޯޓުގެ ދެ އިންޖީނަށް ތެޔޮ ފޮނުވާ ސްވިޗް ނިއްވާލިކަން ހާމަވެއްޖެ

އަހުމަދު ޝުރާއު

logo

7/12/2025, 4:10:12 AM

# އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން

--

އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުމުގެ ކުޑައިރުކޮޅެއް ކުރިން އިންޖީނަށް ތެޔޮ ފޯރުކޮށްދޭ ފިއުލް ސްވިޗްތައް ޕައިލެޓަކު ނިއްވާލި ކަމަށް އެހާދިސާގެ ތަހުގީގުގެ އިބްތިދާއީ ރިޕޯޓަކުން ދައްކައިފި އެވެ.

Wamco

އިންޑިއާގެ ހުޅަނގުގެ އަހްމަދުއާބާދު އެއާޕޯޓުން އިނގިރޭސިވިލާތަށް ފުރިތާ އިރުކޮޅެއްގެ ތެރޭގައި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެހާދިސާގައި ބޯޓުގައި ތިބި 243 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ މަރުވެފައި އެވެ. އަދި ބޯޓު ވެއްޓިފައިވަނީ މެޑިކަލް ކޮލެޖެއް ކައިރިއަށް ކަމަށްވާއިރު އެސަރަހައްދުގައި އެވަގުތު ތިބި 19 މީހަކުވެސް އެހާދިސާގައި ވަނި މަރުވެފައި އެވެ.

އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ހޮނިހިރު ދުވަހުގެ ހެނދުނު ނެރުނު ރިޕޯޓުގައި ޖޫން މަހުގެ 12 ވަނަ ދުވަހު ހިނގި ހާދިސާގައި މަތިންދާ ބޯޓުގައި އާއި ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި 260 މީހުން މަރުވި ހާދިސާ ހިނގުމުގެ ކުރީން ބޯޓު ފުރިތާ އިރުކޮޅެއްގެ ތެރޭގައި އިންޖީނުތަކަށް ތެޔޮ ފޯރުކޮށްދޭން ބޭނުންކުރާ ފިއުލް ކޮންޓްރޯލް ސްވިޗްތައް "ރަން" ޕޮޒިޝަނުން "ކަޓްއޮފް" ޕޮޒިޝަނަށް ބަދަލުކޮށްފައިވާކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިފަދަ ބަދަލެއް އައީ ބޯޓު ފުރިތާ 3 ސިކުންތުގެ ތެރޭގައި ކަމަށާއި ނަމަވެސް މިއީ ބޯޓު ވެއްޓެން މެދުވެރިވި ސީދާ ސަބަބުކަމެއް އަދި މިހާތަނަށް ހާމަވެފައިނުވާ ކަމަށެވެ.

ފިއުލް ކޮންޓްރޯލް ސްވިޗަށް ގެނައި ބަދަލާއި އެކު ، ބޮއިން787 ޑްރީމްލައިނާއިން ތްރަސްޓު ގެއްލި ބޯޓު ތިރިވާން ފެށި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ކޮކްޕިޓް ވޮއިސް ރެކޯޑަރުން އެއްކުރެވުނު މައުލޫމާތުން ބޯޓުގެ އެއް ޕައިލެޓަކު ފިއުލް ކޮންޓްރޯލް ސްވިޗު ބަންދުކުރީ ކީއްވެތޯ ދެވަނަ ޕައިލަޓާއި ސުވާލުކުރާ އަޑު އިވޭ ކަމަށާއި ޖަވާބުގައި އެ ޕައިލެޓް ، އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ބުނި އަޑުވެސް އިވިފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

ނަމަވެސް އެ ސްވިޗު ނިއްވާލީ ކޮން ޕައިލެޓެއް ކަމެއް ރިޕޯޓުގައި ހާމައެއް ނުކުރެއެވެ. އަދި ބޯޓު ވެއްޓުނީ ސީދާ އެސަބަބާއި ހެދި ކަމެއް ނުވަތަ ޕައިލެޓަކު ގަސްދުގައި ބޯޓު ވައްޓާލީ ކަމެއް ވެސް ރިޕޯޓުގައި ހާމަކޮށްފައި ނުވެއެވެ.

އެމެރިކާގެ އޭވިއޭޝަން ސޭފްޓީ އެކްސްޕާޓް ޖޯން ކޮކްސް އަލް ޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޖީނަށް ތެޔޮ ސަޕްލައިކޮށްދޭ ފިއުލް ސްވިޗްތައް ޕައިލެޓަކަށް ނޭނގި ބަންދު ނުކުރެވޭނެ އެވެ. އެހެން ކަމުން މިއީ ގަސްދުގައި ޕައިލެޓަކު ކުރި ކަމެއް ކަމެއް ނުވަތަ މިއީ ބޯޓުގައި ދިމާވި ޓެކްނިކަލް މައްސަލައެއް ކަމެއް ބުނަން ސީދާ ދަތި ކަމަށް އޭނާ ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside