logoEN
Sto top
އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: ބޯޓުގައި އިންނެވި ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު މަރުވިކަން ކަށަވަރުވެއްޖެ

އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން: ބޯޓުގައި އިންނެވި ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު މަރުވިކަން ކަށަވަރުވެއްޖެ

އަހުމަދު ޝުރާއު

logo

6/12/2025, 4:11:53 PM

# އެއާއިންޑިއާގެ މަތިންދާބޯޓެއް ވެއްޓުން

-

އިންޑިއާއިން އިނގިރޭސިވިލާތަށް ދަތުރުފެށިތާ އިރުކޮޅެއްގެ ތެރޭގައި ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުން މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު ހިމެނޭކަން އިންޑިއާ ސަރުކާރުން ކަށަވަރުކޮށްދީފައި އެވެ.

Wamco

މިއަދުގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ކުރީގެ ޗީފް މިނިސްޓަރަކު ވެސް ހިމެނޭ ކަން ކަށަވަރުކޮށްދެއްވީ ބޯޓު ވެއްޓުނު ސަރަހައްދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ކިންޖަރާޕޫއެވެ.

މިނިސްޓަރު ރާމް މޯހަން ނައިޑޫ ކިންޖަރާޕޫ ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ހުޅަނގުގެ ގުޖުރާތުގެ ޗީފް މިނިސްޓަރުކަން ކުރެއްވި ވިޖޭ ރޫޕާނީގެ ފުރާނަ މި ހާދިސާގައި ގެއްލިފައިވާކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާކަމެއް މިނިސްޓަރު ކަށަވަރުކޮށްނުދެއެވެ.

ވެއްޓުނު މަތިންދާބޯޓުގައި ވިޖޭ ރުފާނީ އިންނެވިކަން މީގެ ކުރީން އިންޑިއާ މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް އެކަން އިންޑިއާ ސަރުކާރުން އޭރު ކަށަވަރުކޮށްނުދެއެވެ.

އެގޮތުން ވިޖޭ ރުޕާނީ މަތިންދާބޯޓު ފުރުމުގެ ކުރީން ބިޒްނަސް ކްލާސް ސީޓެއްގައި އިންނެވި މަންޒަރު ފެންނަ ފޮޓޯއެއްވެސް މީސް މީޑިއާގައި ދައުރުވިއެވެ. އަދި މަތިންދާބޯޓުގެ ޕަސެންޖަރުންގެ މައުލޫމާތު ލިބެނޭ ލިސްޓުގެ ފޮޓޯތަކެއްވެސް ދައުރުވި އިރު އެލިސްޓުގައިވެސް ވިޖޭ ރުޕާނީގެ ނަންވެސް ފެންނަން ހުއްޓެވެ.

އިތުރު ތަފްސީލް އަންނަނީ ..

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside