logoEN
Sto top
ރާއްޖެ އަތުން މޮޅުވެ ސައުދީ އިން  ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފި

ރާއްޖެ އަތުން މޮޅުވެ ސައުދީ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފި

ހަސަން ޝަމްއޫން

logo

5/9/2025, 5:05:16 PM

# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

ރާއްޖެއާއި ސައުދީއަރަބިޔާ ވާދަކުރި މެޗުގެ ތެރެއިން..

އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025” ގެ ގުރޫޕް އޭގައި 2-0 ގެ ނަތީޖާއަކުން ރާއްޖެ އަތުން މޮޅުވެ ސައުދީ އަރަބިޔާ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މުބާރާތުގައި ސައުދީ އަރަބިޔާ ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ހޮންކޮންގް އަތުން މޮޅުވެފައިވާއިރު، ދިވެހި ޓީމު ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު އޮމާނާއި ވާދަކޮށް ބަލިވީ ވެސް 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ސައުދީ ޓީމުން ކާމިޔާބުކުރީ އަށް ލަނޑުގެ ލީޑަކާއެކު 12-20 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި ވެސް ދިވެހި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ސައުދީ ޓީމުން މިސެޓް ވެސް ކާމިޔާބުކުރީ އަށް ލަނޑުގެ ލީޑަކާއެކު 18-8 ގެ ނަތީޖާއަކުންނެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ސައުދީ ޓީމު އޮތްއިރު މިމެޗުން ބަލިވި ރާއްޖެ ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައެވެ

6 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް އޮމާންގެ މަސްކަޓްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ގައުމަކުން ވާދަކުރާއިރު، ރާއްޖެ ހިމެނެނީ އޮމާން، ސައުދީ އަރަބިޔާ އަދި ހޮންކޮންގް އާއެކު ގުރޫޕް އޭގައެވެ. ގުރޫޕް ބީގައި ހިމެނެނީ އީރާން، ފިލިޕިންސް، ޖޯޑަން، ޕާކިސްތާންގެ އިތުރުން އިންޑިޔާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside