




.jpg?w=3840&q=75)



-
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިނުމަށް އުދުއްސާލަމުންދާ ޑްރޯންތަކަށް ހަމަލާތައްދީ ރޭ އެކަނިވެސް 48 ޑްރޯން ވައްޓާލައިފި އެވެ.
ޕާކިސްތާނު ސަރުކާރު ހިއްސާވާ ޕީޓީވީ ނިއުސް އިން ބުނި ގޮތުގައި ރޭ ވައްޓާލި 48 ޑްރޯންާއިއެކު ޕާކިސްތާނުން ވައްޓާލި ކަމަށް ބުނާ އިންޑިއާގެ ޑްރޯންތަކުގެ އަދަދު ވަނީ 77 އަށް އަރާފަ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންޑިއާގެ ހަމަލާތަކަށް އެކަށީގެންވާ ޖަވާބެއް ދެމުން އަންނަ ކަމަށް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އަންނަނީ ބުނަމުންނެވެ.
ޕާކިސްތާނަށް އިންޑިއާގެ ޑްރޯންތަކުން ހަމަލާދެމުންދާކަމަށް ޕާކިސްތާނުން ބުނި ނަމަވެސް އިންޑިއާއިން ބުނާގޮތުގައި އިންޑީއާއިން މިހާރު ޕާކިސްތާނަށް ހަމަލާދެމުންދަނީ ޕާކިސްތާނުން އިންޑިއާއަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި އެވެ. އެހެންނަމަވެސް ޕާކިސްތާނުން އެވާހަކަތައް ދޮގުކުރެއެވެ.







