މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް ފައްޓަވައިދެއްވީ އަލިބެ
# ދިވެހި ކުޅިވަރު # މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް# މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025މައިޒާން އަލިމަނިކު މާސްޓަރސް އެތްލެޓިކްސް މުބާރާތް ފައްޓަވާދެއްވަނީ..ފޮޓޯ: ގާފު ސްޕޯޓްސް
މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށް، ރާއްޖޭގައި ބާއްވާ ފުރަތަމަ "މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025" މިއަދު ހަވީރު ފަށައިފިއެވެ.

ކުޅިވަރު އެކުވެނީ ސިންތެޓިކް ޓްރެކުގައި މިއަދު ހަވީރު ފެށި މިމުބާރާތް ފައްޓަވައިދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާން އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮނަރަރީ ޕްރެޒިޑެންޓް އަލްފާޟިލް މައިޒާން އަލިމަނިކު އެވެ.
ތިންދުވަހުގެ މުއްދަތައް ކުރިއަށްދާ މިމުބާރާތުގައި މިއަހަރުގެ ޖުމްލަ 11 ޓީމަކުން 100 އަަށްވުރެ ގިނަ އެތްލީޓުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގެ އެތްލީޓުން ވެސް ހިމެނެއެވެ.
ވޯލްޑް މާސްޓަރސް އެތްލެޓިކްސްގެ މިންގަނޑުތަކަށް ފެތޭގޮތައް ބާއްވާ މިމުބާރާތް މިއަހަރު ފަސް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތީގެ އުމުރުފުރައެވެ.
މީގެ އިތުރުން މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 10،000 މީޓަރު، 4×400 މީޓަރު (މިކްސް ރިލޭ)، 4×800 މީޓަރު (މިކްސް ރިލޭ)، ޝޮޓް ޕުޓް ތްރޯއިންގ، ޑިސްކަސް ތްރޯއިންގ އަދި ޖެވަލިންގ ތްރޯއިންގ އެވެ.