




.jpeg?w=3840&q=75)



6.75 ކިލޯގެ ޑްރަގް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މިއީ މި ހިނގާ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ.
ކަސްޓަމްސް އިން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ރާއްޖެ ގެނައި އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އަތުލައިގަންފައިވަނީ ސިންތެޓިކް ކެތިނޯން ކަމަށާއި އެތަކެތީގެ ބަރުދަނުގައި 6،750 ގްރާމްހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
މި މަހުގެ 19 ވަނަ ދުވަހުވެސް ކަސްޓަމްސް އިން ވަނީ ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފައެވެ. އެއީ ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބައެކެވެ. އެ ދެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 708.2 ގުރާމްގެ ހެރޮއިންއާއި، 424 ގުރާމްގެ ކޮކެއިންގެ އިތުރުން 51.6 ގުރާމްގެ މޯފިން ހިމެނެއެވެ.
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް މޯލްޑިވްސް ކަސްޓަމްސް އިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.




