




.jpeg?w=3840&q=75)



އިންޑިއާއިން ރާއްޖެއަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 6 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ ގޮތުގަ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިއާއިން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިންޑިއާއިން ރާއްޖެއަށް 100،435 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 1.8% ދަށްވުމެކެވެ.
* ޗައިނާ: 326،741 ފަތުރުވެރިން* ރަޝިއާ: 248،739 ފަތުރުވެރިން* އިނގިރޭސިވިލާތް: 131،996 ފަތުރުވެރިން* ޖަރުމަނުވިލާތް: 115،814 ފަތުރުވެރިން* އިޓަލީވިލާތް: 103،504 ފަތުރުވެރިން* އިންޑިއާ: 100،435 ފަތުރުވެރިން
ސަރުކާރުން ދަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ރޯޑްޝޯތަކާއި އަދި ފެއަރތަކުގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި 1296 ތަނެއް ހުޅުވާލާފައިވާއިރު، މިތަންތަނުގެ ބެޑް ކެޕޭސިޓީ 68،243 އަށް އަރާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކަ އެވެ.








