
ފުރަތަމަ މެޗުގައި އޮމާން އަތުން ދިވެހި ޓީމު ބަލިވެއްޖެ
# ބީޗް ހޭންޑްބޯޅަ ޤައުމީ ޓީމު# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސްރާއްޖެ އާއި އޮމާން ވާދަކުރި މެޗުގެ ތެރެއިން
އޮމާންގެ މަސްކަޓްގައި މިހާރު ކުރިއަށްދާ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕް 2025” ގައި ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު އޮމާނާއި ވާދަކޮށް ސީދާ ދެ ސެޓުން ދިވެހި ގައުމީ ޓީމު ބަލިވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބީޗު ހޭންޑްބޯޅަ ޤައުމީ ޓީމެއް އެކުލަވާލުމަށްފަހު ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި ދިވެހި ޓީމުގެ ފަރާތުން އުންމީދީ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަަމަ ސެޓް އޮމާނުން ކާމިޔާބުކުރީ 14 ޕޮއިންޓްގެ ލީޑަކާއެކު 22-8 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ސެޓުގައި އޮމާނުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި އިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 16 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 22-6 ގެ ނަތީޖާއަކުންނެވެ.
6 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް އޮމާންގެ މަސްކަޓްގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ގައުމަކުން ވާދަކުރާއިރު، ރާއްޖެ ހިމެނެނީ އޮމާން، ސައުދީ އަރަބިޔާ އަދި ހޮންކޮންގް އާއެކު ގުރޫޕް އޭގައެވެ. ގުރޫޕް ބީގައި ހިމެނެނީ އީރާން، ފިލިޕިންސް، ޖޯޑަން، ޕާކިސްތާންގެ އިތުރުން އިންޑިޔާ އެވެ.
ގުޅުންހުރި

ފްލަޔާރސް ބަލިކޮށް ޓައިޓަން އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި

އަބާންގެ ހަތަރު ލަނޑާއެކު އީއެކްސްއީ ކޮޅަށް ރޭންޖާރސް އިން 11 ލަނޑު ޖަހައިފި

ޓީމު ނަމަވެސް ބަލިކޮށް ކޮން އެފްޓީ އިން މުބާރާތް ނިންމާލީ މޮޅަކާއެކު

.gif&w=3840&q=75)



