logoEN
Sto top
އިންޑިއާގެ 5 ޖެޓު ވައްޓާލައި އިންޑިއާގެ ބައެއް ސިފައިން އަތުލައިގަނެވިއްޖެ - ޕާކިސްތާނު

އިންޑިއާގެ 5 ޖެޓު ވައްޓާލައި އިންޑިއާގެ ބައެއް ސިފައިން އަތުލައިގަނެވިއްޖެ - ޕާކިސްތާނު

އަހުމަދު ޝުރާއު

logo

5/6/2025, 11:22:06 PM

# އިންޑިއާ - ޕާކިސްތާނު

ޕާކިސްތާނާއި އިންޑިއާ އާއި ދެމެދު މިރޭ ފެށުނު ހަމަލާ ބަދަލުކުރުންތަކުގައި ޕާކިސްތާނުން އިންޑިއާ އަސްކަރިއްޔާއަށް ނިސްބަތްވާ 5 ޖެޓު ވައްޓާލައިފާކަމަށް ޕާކިސްތާނުން ބުނެފި އެވެ.

Wamco

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް ބްލޫމްބާގް ޓީވީގައި ވިދާޅުވީ ޕާކިސްތާނުން އިންޑިއާގެ ފަސް މަތިންދާ ބޯޓެއް ވައްޓާލާފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ ބައެއް މީހުން ގައިދީންގެ ގޮތުގައި ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އަދި މިހާތަނަށް އިންޑިއާ އަސްކަރިއްޔާއިން ބަހެއް ބުނެފައިނުވެއެވެ.

ދެގައުމުގެ ދެމެދުގައި ހަމަލާބަަދަލުކުރުންތައް ފެށިފައިމިވަނީ އިންޑިއާއިން މިރޭ ޕާކިސްތާނަށް ދިން ކުއްލި ވަރުގަދަ ހަމަލާތަކާއި ގުޅިގެންނެވެ. "އޮޕަރޭޝަން ސިންދޫރު" ގެ ނަމުން ނަންދެވި ފެށުނު މި ޚާއްސަ އޮޕަރޭޝަނާއި ގުޅިގެން އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނީ ޕާކިސްތާނުގައި ނިރުބަވެރިންގެ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާއަކީ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ޕަހަލްގަމްގައި މިދިޔަ މަހު ދިން ހަމަލާގައި 26 މީހުން މަރުވި ހާދިސާއާއި ގުޅިގެން ނިރުބަވެރިންނަށް އަމާޒުކޮށް ފެށި ހަމަލާތަކެއް ކަމަށް އިންޑިއާ އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ. ޕަހަލްގަމްއަށް ދިން ހަމަލާގެ އަޑީގައި ޕާކިސްތާނުގެ ސަރުކާރުގެ އަތެއް ވާކަަމަށް އިންޑިއާއިން ތުހުމަތު ކުރި ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެ، އެކަން ހިނގި ގޮތުގެ "ނިއުޓްރަލް" ތަހުގީގެއް ހިންގުމަށް ގޮވާލާފަ އެވެ.

އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ފެށި ހަމަލާތަކުގައި އިންޑިއާ އަސްކަރިއްޔާއިން ވަނީ ޕާކިސްތާނުގެ 7 ސަރަހައްދަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside